ޓުވަރިޒަމް މިނިސްޓްރީގެ އޮންލައިން މީޓީން އެއްގައި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލައެއް ބަލަނީ

ޓުވަރިޒަމް މިނިސްޓްރީގެ އޮންލައިން މީޓީން އެއްގައި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލައެއް ބަލަނީ

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2020 10:37
0

ޓުވަރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން މީޓިންއެއްގައި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ޓުވަރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން މީޓިންއެއްގައި ބައިވެރިވި މީހަކު ބަދު އަޚުލާޤީ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުނަށް މިއަދު ހުށަހެޅިފައިވާކަމަށެވެ. ނަމަވެސް މިމައްސަލައިގެ މާބޮޑު ތަފްސީލެއް ފުލުހުން ދެއްވާފައި ނުވެއެވެ. އަދި މިމައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށް ފައިވާކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައިނުވެއެވެ.

ޓުވަރިޒަމް މިނިސްޓްރީގައި މީގެ ކުރިންވެސް ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތިވެފައެވެ. ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދުވެސް މަޤާމުން ވަކިކޮށްފައިވަނީ ޓުވަރިޒަމް މިނިސްޓްރީގެ އެކި މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައެވެ. މިމައްސަލާގައި އަލީ ވަހީދުގެ މައްޗަށް ދައުވާކުރުމަށްވެސް ފުލުހުންވަނީ ފޮނުވާފައެވެ.

ޓުވަރިޒަމް މިނިސްޓްރީގެ އޮންލައިން މީޓީންގައި ބަރަހަނާ މަންޒަރުތަކެއް ދެއްކި މައްސަލަ ތަޚްޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.