ދިވެހި ޕްރިމިއާ ލީގު ހުޅުވަދޭނީ މާޒިޔާ އާއި ޔޫވީ

ދިވެހި ޕްރިމިއާ ލީގު ހުޅުވަދޭނީ މާޒިޔާ އާއި ޔޫވީ

Author
އިބްރާހީމް ސާޢިދު
22 އޮކްޓޯބަރ 2020 09:24
0

އާ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާ އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރަން ޖެހިއްޖެއެވެ.

ފުރަތަމަ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީއެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުލަބު އީގަލްސް އާއި މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ސުޕާ ޔުނައިޓެޑް ސްޕޯޓްސް އެވެ.

ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ލީގުގެ ރަނަރަޕް ކުލަބު އީގަލްސްއެވެ.

އެފްއޭއެމުން އިއުލާންކުރި އާ ކަލަންޑަރުގައި ވާގޮތުން ސީޒަންގެ ފުރަތަމަ މެޗު ފަށާނީ ޑިސެމްބަރު މަހު 8 ވަނަ ދުވަހުގައެވެ. އެފްއޭއެމުގެ ޝެޑިއުލްގައިވާ ގޮތުން ދިވެހި ޕްރިމިއަރ ލީގު ތާވަލުކޮށްފައިވަނީ ޑިސެމްބަރު 13 ގައި ފެށުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.