ސްޓަރ ކަޒިންސް ކަމަށްވާ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރު ކިޔެވީ އެއް ސުކޫލަކުން ކަަމަށް އަރުޖުން ކަޕޫރު ވަނީ ބުނެފައިއެވެ. އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އަރުޖުން ބުނެފައިވަނީ އެއް ފަހަރަކު ސޯނަމް އަށް އުދަގޫ ކުރި ކުއްޖަކާ ދެމީހުންގެ "ފައިޓެއް" ހިނގި ކަމަށެވެ. ސްކޫލްގައި އުޅުނު އިރު އަރްޖުން އަކީ ބާސްކެޓް ކުޅުމަށް ޝައުގުވެރިވީ ކުއްޖެއް ކަމަށާއި ސޯނަމް ވެސް އޭނާއާއެކު ބާސްކެޓް ކުޅެން އުޅުނު ކަމަށް އަރުޖުން ވަނީ ބުނެފައެވެ.
ރޭޑިއޯ ހޯސްޓް ސިދާތް ކަންނާން އާއި ވާހަކަ ދައްކަމުން އަރުޖުން ބުނެފައިވަނީ ސޯނަމް އާއި ދެމީހު ކިޔެވީ އެކުގައި ކަމަށާއި އޭރު އޭނާ ކުޑަކޮށް ޗަބީ ކަމަށެވެ. މި ދުވަސްވަރު ސްކޫލްތެރޭ ހިނގި ހަމަނުޖެހުމެއްގެ ތެެރޭގައި ތަޅައިގަނެ އެދުވަހު ގެއަށް ދިޔައީ އަރުޖުން ލޯމަތި ފަޅާލައިގެން ކަމަށް އޭނާ ބުންޏެވެ. އަދި އެ މައްސަލާގައި ސުކޫލުން ސަސްޕަނޑްވެފައިވާ ކަމަށް ވެސް އަރުޖުން ވަނީ ބުނެފައެވެ.
ފަހުން އެނގުނީ ސޯނަމް ދިފާއުކުރުމަށް އެދުވަހު ކުރިމަތިލެވުނީ ގައުމީ ފެންވަރުގައި ބޮކްސިންގައި އުޅޭ ދަރިވަރަކާއި ކަން ކަމަށްވެސް އަރްޖުން ވަނީ ބުނެފައެވެ.
އެއް އުމުރެއްގެ މި ދެތަރިންނަކީ ދެބެންގެ ދެދަރި 2 މީހުންނެވެ. އަރްޖުންގެ ބައްޕަ ބޯނީ ކަޕޫރަކީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
މަސަައްކަތުގެ ދާއިރާއަށް ބަލާއިރު އެންމެ ފަހުން އަރުޖުން ކަޕޫރު ފެނިގެން ގޮސްފައިވަނީ ޖޯން އަބްރަހަމް، ނީނާ ގުޕްތާ، އަދިތީ ރާއޯ ހައިދަރީ އަދި ރަކުލް ޕްރީތު ސިންގ އާއި އެކުގައި "ސަރްދާރް ކާ ގްރޭންޑް ސަން" އިންނެވެ. ދެން އަރުޖުން ފެނިގެން ދާނީ "އެކް ވިލަން 2″ އަދި "ބޫތު ޕޮލިސް" އިންނެވެ.