ނަމާދަށް ހުރަސްއަޅާ ބައެއްގެ ފަރާތުން އުއްމީދުކުރާނެ އެއްވެސް ހެޔޮކަމެއް ނެތް: ޢަލީ ރަމީޒް

ނަމާދަށް ހުރަސްއަޅާ ބައެއްގެ ފަރާތުން އުއްމީދުކުރާނެ އެއްވެސް ހެޔޮކަމެއް ނެތް: ޢަލީ ރަމީޒް

Author
މުޙައްމަދު ޖިމީ
31 މެއި 2021 12:24
0

ނަމާދަށް ހުރަސްއަޅާ ބައެއްގެ ފަރާތުން އުއްމީދުކުރާނެ އެއްވެސް ހެޔޮކަމެއް ނެތްކަމަށް ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ދީނީ ކަންކަމަށް މީހުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއްކުރާއްވާ ޢަލީ ރަމީޒް މިފަދައިން ވިދާޅުވެފައި މިވަނީ، ކޯވީޑް ފެތުރެމުންދާރީ، ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށް މިސްކިތްތަކުން ފެން ކަނޑާލާ، އަދި މިސްކިތަށް އަރާ މީހުން ޖޫރިމަނާކުރަމުންދާތީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ.

ޢަލީ ރަމީޒް ވިދާޅުވީ، ގޭތެރޭގެ މާހައުލު ހުންނަ ގޮތުން، ނަމާދުކުރުމަށް ދަތިވާ އެތައް ބަޔަކު އުޅެމުންދާކަން އެނގިތިބެ، މިސްކިއްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭގޮތަށް ބަންދުކުރި ބައެއްގެ ފަރާތުން އުއްމީދުކުރާނެ އެއްވެސް ހެޔޮކަމެއް ނެތްކަމަށެވެ

ގޭތެރޭގެ މާހައުލު ހުންނަ ގޮތުން، ނަމާދުކުރުމަށް ދަތިވާ އެތައް ބަޔަކު އުޅެމުންދާކަން އެނގިތިބެ، މިސްކިއްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭގޮތަށް މިހެން ބަންދުކުރުމުން، ދެން މިބައިމީހުންގެ ފަރާތުން އަހަރެމެން އުއްމީދުކުރާނެ އެއްވެސް ހެޔޮކަމެއް ނެތް.

– ޢަލީ ރަމީޒް

މިސްކިތްތަކަށް އެއްގޮތަކަށްވެސް ނުވަދެވޭ ގޮތަށް، ބަންދުކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމުގައި އަލީ ރަމީޒު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

އެއްގޮތަކަށްވެސް ނުވަދެވޭހެން މިސްކިތްތައް ބަންދު ނުކުރެވޭނެ، މިސްކިތްތައް ހުޅުވާ: އަލީ ރަމީޒު

ޢަލީ ރަމީޒް މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުގެ މިސްކިތްތަކަށް އަރައި ނަމާދު ކުރާ ފަރާތްތައް ޖޫރިމަނާކުރަން ފަށާފައިވާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުންނާއި، ދީނީ ބައެއް ޢިލްމުވެރިން އަންނަނީ ފާޅުކުރަމުންނެވެ. މިގޮތުން މިސްކިތަށް އެރި ބައެއް މީހުންވަނީ އެމީހުން 1000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން މެއި 19، 2021 ގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަންއެންގުމަށް ފަހު މިސްކިތުން ފެން ކަނޑައި މިސްކިތްތަކުގައި ތަޅުއަޅުވާފައިވާތީވެސް އެފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ވަގުތީގޮތުން ބަންދުކޮށް މިސްކިތްތަކުގެ ފެންކަނޑާލުމަށް މާލެ ސިޓީ ކައުންސިލަށް އަންގާފައިވަނީ އެލްޖީއޭއިންކަން ވަނީހާމަވެފައެވެ.

މިމަހުގެ 29 ވަނަ ދުވަހު އެލްޖީއޭގެ ސީއީއޯ އަފްޝާން ލަތީފް ސޮއިކުރައްވައި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މާލޭ ސަރަހައްދުގައި ކޯލިޑް ފެތުރޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާތީ އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ނުވެ ހުންނާތީ ޕޮލިސީ ގްރޫޕްގައި މަޝްވަރާކޮށް ބައެއް ނިންމުންތައް ވަނީ ޕޮލިސީ ގްރޫޕް ބައްދަލުވުމުގައި ނިންމާފައިކަމަށެވެ. މިގޮތުން މިސްކިތްތަކާއި މިސްކިތްތަކުގެ ފާޚާނާތަކާއި އިސްކުރުބަރިތައް ބަންދު ނުކޮށް ހުންނާތީ އަދިވެސް ގިނަބަޔަކު އެތަންތަން ބޭނުންކުރާތީ ބަލިފެތުރުން އިތުރުވުމުގެ ފުރުސަތު އޮތަތީވެ، މިސްކިތްތަކާއި މިސްކިތްތަކުގެ ފާޚާނާތައް ބޭނުންނުކުރެވޭގޮތަށް ވަގުތީގޮތުން ބަންދުކުރުމަށް ވަނީ ޕޮލިސީ ގްރޫޕް ބައްދަލުވުމުން ނިންމަވާފައިވާކަމަށެވެ.

ޕޮލިސީ ގުރޫޕްގެ ނިންމުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް ބަންދުކޮށް ބޭނުން ނުކުރެވޭ ގޮތަށް މިސްކިތްތަކުގެ ފެންކަނޑާލުމަށް އަދި މިސްކިތްތަކުގެ ފާޚަނާތައް ބަންދުކުރުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޓ ޓިނު walhu
Heyo nuvaane thi nafurathu uffedhun huttaalaa maakuree zamaanehga ar