ކޯވިޑަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
31 މެއި 2021 10:08
0

ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންއައި ޢުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ފަހަކަށް އައިސް ކޮންމެ ދުވަހަކު މީހުން ނިޔާވަމުން ދިއުމަށްފަހު، މިއީ 24 ގަޑިއިރުފަހުން ނިޔާވި ފުރަތަމަ މީހާއެވެ. އެންމެ ފަހުން މިޙަކު މިބަލީގައި ނިޔާވެފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ބ.އޭދަފުށިންނެވެ. މިއަދު ނިޔާވި މީހާއާއެކު ކޯވިޑްގައި ރާއްޖެއިން ވަނީ މިހާތަނަށް 159 މީހުން ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 143 ދިވެހިންނާއި 16 ބިދޭސީންނެވެ.

ކޯވިޑް-19ގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ރޭވަނީ ބުނެފައެވެ. ނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.