ރާއްޖޭގައި ކޯވިޑް-19ގެ ރީއިންފެކްޝަން ނުވަތަ ދެވަނަދަހަރަށް ބަލިޖެހޭ މީހުންގޭ އަދަދު ދަށަށް ދާންފަށާފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްއީއޯސީން ބުނީ މިދިޔަ އަހަރާއި އަޅަބަލާއިރު ދެވަނަ ފަހަރަށް ކޯވީޑް ޖެހޭ މީހުންގެ އަދަދު މިއަހަރު ދަށަށް ދާން ފަށާފައިވާކަމަށާއި، އެގޮތުން މިދިޔަ އަހަރު ހަފްތާއަކު 40 ރީއިންފެކްޝަން ފެނުނުކަމަށެވެ. ނަމަވެސް އެ ނިސްބަތް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރީއިންފެކްޝަން ރޭޓް ދަށްވަމުންގޮސް މިހާރު ފެންނަމުންދަނީ ހަފްތާއަކު 5 ރީއިންފެކްޝަންކަމަށްވެސް އެޗްއީއޯސީން ބުންޏެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ދެވަނަ ފަހަރަށް ކޯވިޑްޖެހޭކަން އެނގިފައިވަނީ، ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިތާ 17 ހަފްތާ ފަހުންނެވެ.
ދެވަނަ ފަހަރަށް ބަލި ޖެހުމަށް ނަގާ މުއްދަތަށް ބަލާއިރު، 3މަސް ފަހުން ބަލިޖެހިފައި 12 މީހަކަށް ބަލިޖެހިފައވާއިރު، 4 މަސް ފަހުން 17 މީހަކަށް ބަލި ޖެހުނުކަމަށް ތާފާސް ހިސާޞުތަކުން ދައްކައެވެ. އަދި 5 މަސް ފަހުން 10 މީހަކަށް ދެވަނަ ފަހަރަށް ބަލި ޖެހިފައިވާއިރު، 6 މަސް ފަހުން 25 މީހަކަށް ބަލި ޖެހުނެވެ. އަދި 7 މަސް ފަހުން 18 މީހަކަށާއި، 8 މަސް ފަހުން 35 މީހަކަށާއި، 9 މަސް ފަހުން 56 މީހަކަށާއި، 10 މަސް ފަހުން 29 މީހަކަށް ވަނީ ދެވަނަ ފަހަރަށް ބަލިޖެހިފައެވެ.
އެޗްއީއޯސީގެ އެޕިޑިއަމޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ، ދެވަނަ ފަހަރަށް ބަލިޖެހޭ ނިސްބަތަށް ބަދަލު އައިސްފައިވަނީ ކޯވިޑް ވެކްސިން ޖަހަން ފެށުމުން ރައްކާތެރިކަން ލިބުންކަމަށް ބެލެވޭކަމަށެވެ.
ރާއްޖޭގައި ރީއިންފެކްޝަން އެންމެ މަތީ ޢުމުރުން 18 އަހަރާއި 45އަހަރާއި ދެމެދުގެ މީހުންނަސެވެ. އެއީ ރާއްޖޭގައި ކޯވިޑް ޢަންމުކޮށް ޖެހޭ އެންމެ ގިނަ މީހުން އެކުލެވޭ އުމުރުފުރާއެވެ.
ކޮމެންޓު ފޮނުވާ