ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގެ މަލަމަތި

ވާލްޑް ޓުއަރިޒަމް އޯގަނިޒޭޝަންގެ މެދު އިރުމަތީގެ ފުރަތަމަ މައި އޮފީސް ސައުދީގައި ހުޅުވަނީ

ވާލްޑް ޓުއަރިޒަމް އޯގަނިޒޭޝަންގެ މެދު އިރުމަތީގެ ފުރަތަމަ މައި އޮފީސް ސައުދީގައި ހުޅުވަނީ

ޔުނައިޓެން ނޭޝަންސް ވާރލްޑް ޓުއަރިޒަމް އޯގަނިޒޭޝަން (UNWTO)ގެ މެދިއިރުމަތީގެ ފުރަތަމަ މައި އޮފީސް ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގައި ހުޅުވުމަށް ނިންމާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުދަ ދުވަހު އިއުލާން ކޮށްފިއެވެ.

ވާރލްޑް ޓުއަރިޒަމް އޯގަނިޒޭޝަންގެ މި ނިންމުން އިއުލާން ކޮށްފައި މިވަނީ، ވާލްޑް ބޭންކާއި ގުޅިގެން ފަތުރުވެރިކަން ކުރި އެރުވުމަށް ގާއިމްކުރެވޭ ފަންޑު އުފެއްދުމަށް 100 މިލިއަން ޑޮލަރު ދޭނެކަމަށް ސައުދީން ހާމަ ކޮށްފައި ވަނިކޮށެވެ.

ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ބުދަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސައުދީގެ ކެބިނެޓުންވަނީ، އެގައުމުގެ ފަތުރުވެރިކަމާބެހޭ ވަޒީރަށް، ވާރލްޑް ޓުއަރިޒަމް އޯގަނިޒޭޝަންއާއި ގުޅިގެން އީ-ލާނިން މެދުވެރިކޮށް، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއް އެކުލަވާ ލުމަށްޓަކާ މަޝްވަރާކުރުމުގެ ހުއްދަ ދޫކޮށްފައެވެ.

އަދި މީގެ އިތުރުން، ސައުދީ ކެބިނެޓުންވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން، އޮމާންގެ މިނިސްޓްރީ އޮފް ހެރިޓޭޖް އެންޑް ޓުއަރިޒަމްއާއި ފްރެންޗް މިނިސްޓްރީ ފޯރ ޔޫރަޕް އެންޑް ފޮރިންގެ އެފެއާޒް އާއިއެކު، ދެ މެމަރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގައި ސޮއިކުރުމުގެ ހުއްދަވެސް އެގައުމުގެ ފަތުރުވެރިކަމާބެހޭ ވަޒީރަށް ދީފައެވެ.

ސައުދީ އަރަބިއާއިން އަމާޒު ހިފާފައިވަނީ، 2030 ވަނަ އަހަރު އަންނައިރު، ފަތުރުވެރިކަމުގެ ސިނާއަތުން ސައުދީގެ ޖީޑީޕީގައި ހިއްސާކުރާ މިންވަރު %3 އިން %10 އަށް މަތިކުރުމަށެވެ. އަދި ސައުދީން މިހާރު އަންދާޒާ ކުރާ ގޮތުގައި، އެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުން 2023ގެ ނިޔަލަށް 260،000 އިތުރު ވަޒީފާ އުފެދިގެން ދާއިރު، 2030ގެ ނިޔަލަށް މިއަދަދު 1 މިލިއަނަށް އަރައިގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *