އިންޑިއާގައި ކޯވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 300،000 އަށް

އިންޑިއާގައި ކޯވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 300،000 އަށް

Author
ހުސެއިން
24 މެއި 2021 02:39
0

ކޯވިޑް19 އަށް ޕޮޒިޓިވްވެ އިންޑިއާގައި މަރުވި މީހުންގެ އަދަދު 300،000 އަށް އަރައިފިއެވެ.

ސިއްޙީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިބަލީގައި އިންޑިއާގައި ރަސްމީ ތަފާސް ހިސާބުތަކުގެ ތެރެއަށް ނުވަދެ އެތައް ބަޔަކު މަރުވެގެން ގޮސްފައިވާތީ، ކޯވިޑ19ގައި މަރުވި މީހުންގެ އަދަދު އެގައުމުގައި މިއަށްވުރެ މާ މަތިވާނެ ކަމަށެވެ.

އިންޑިއާގައި މިހާތަނަށް 26 މިލިއަން މީހުންނަށް މިބަލި ޖެހިފައި ވާކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ. މިއީ އެމެރިކާ ފިޔަވައި ދުނިޔޭގައި ދެން އެނެމް ގިނަ އަދަދަކަށް އެއްގައުމަކުން ރެކޯޑު ކުރެވިފައިވާ އެންމެ މަތީ އަދަދެވެ. އަދި މިހާރު އިންޑިއާ ބެލެވެނީ މުޅި ދުނިޔޭގައިވެސް ކޯވިޑްގެ ހާލަތު އެންމެ ގޯސް ގައުމުގެ ގޮތުގައެވެ.

އިންޑިއާކީ، ކޯވިޑް ބަލީގައި 300،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ދުނިޔޭގެ 3 ގައުމުގެ ތެރެއިން އެއް ގައުމެވެ. 300،000 އަށްވުރެ ގިނަ މީހުން ކޯވިޑް19ގައި މަރުވެފައިވާ އަނެއް ދެ ގައުމަކީ އެމެރިކާއާއި ބްރެޒިލްއެވެ.

އިންޑިއާގައި ކޯވިޑް19ގައި މަރުވެފައިވާ މީހުންގެ އަދަދު 200،000 އިން 300،000 އާއި ހަމައަށް އަރާފައިވަނީ އެންމެ މަސްދުވަހުގެ ތެރޭގައެވެ.

އިންޑިއާގައި ކޯވިޑް19ގެ ހާލަތު ގޯސްވެ، ބަލީގައި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތަކަށް ނުކަތާވަރަށް ހާލަތުވަނީ ގޯސްވެފައެވެ. އަދި ފަރުވާ ދެވޭނެ ވަސީލަތްތައް ނެތި، އޮކްސިޖަންއާއި، މީހުން އެޑްމިޓް ކުރާނެ އެދުތައް މަދުވެ، އިންޑިއާގެ ސިއްހީ ނިޒާމަށްވަނީ އިންތިހާއަށް ބާރު ބޮޑުވެފައެވެ.

ކޯވިޑް19ގައި އިންޑިއާގައި މަރުވެފައިވާ މީހުންގެ %50 މީހުން މަރުވެފައިވަނީ ފާއިތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައެވެ. މިގޮތުން ފާއިތުވެދިޔަ 26 ދުވަހު އެކަނިވެސް ކޯވިޑް19ގައި 102,533 މީހުންވަނީ އިންޑިއާގައި މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.