ލާޒިޔޯއިން ޑޯޓްމަންޑް ބަލިކޮއްފި

ލާޒިޔޯއިން ޑޯޓްމަންޑް ބަލިކޮއްފި

ގުޅުންހުރި

13 އަހަރުފަހުން އެނބުރިއައިސް ލާޒިޔޯ އިން ބްރޫޝިޔާޑޯޓްމަންޑް ބަލިކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި  ގްރޫޕް އެފްގައި ލާޒިއޯ މޮޅުވީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިންނެވެ.

ލާޒިއޯ އާއި ޑޯޓްމަންޑް ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި ލާޒިއޯގެ ކެޕްޓަން ޗީރޯ އިމޮބިލޭ އެ ޓީމަށް ކުރި ހޯދައިދިނެވެ. އޭނާގެ ކުރީގެ ކުލަބަ ކޮޅަށް ލަނޑުޖެހި އިރު އިމޮބިލޭ ވަނީ ޑޯޓްމަންޑަށް ކުޅުނު 34 މެޗުގައި ވަނީ 10 ލަނޑުޖަހާފައެވެ. އޭނާ ލާޒިޔޯ އަށް ބަދަލުވީ 2016ވަނަ އަހަރުއެވެ. މިއީ މުބާރާތުގައި 2014 ވަނަ އަހަރުފަހުން އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. އަދި މިއީ މިމުބާރަތުގައި ޑޯޓްމަންޑަށް ކުޅުނު ކުޅުންތެރިޔަކު އެޓީމު ކޮޅަށް ޖެހި ފުރަތަމަ ލަނޑެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ މާވިން ހިޓްޒް އަތުން ބައިކޮޅަށް ވަން ލަނޑުން ލާޒިއޯގެ ލީޑުފުޅާވި އެވެ. އޭގެ ފަހުން 71 ވަނަ މިނެޓުގައި އާލިންގް ހާލާންޑުގެ ލަނޑުން ޑޯޓްމަންޑް ތަފާތު ކުޑަކުރި ނަމަވެސް ލާޒިއޯގެ ޑެނިއަލް އަކްޕްރޯ ލަނޑު ޖަހައި އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

މިމެޗުގަ ޑޯޓްމަންޑްގެ އިނގިރޭސި ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ވަނީ ޗެމްޕިއަސް ލީގުގައި ކުޅުނު އިނގިރޭސި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. އެއީ މެންޗެސްޓަ ސިޓީގެ ޕިލް ފޮޑެންވުރެ 17 އަހަރާ 113 ދުވަހުގެ ތެރޭގައި ކުޅެގެންނެވެ.

މިއީ 12 އަހަރާއި 349 ދުވަސްފަހުން ލާޒިޔޯ އިން މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ. އެޓީމު އެންމެފަހުން މޮޅެއް ލިބުނީ 2007 ވަނައަހަރު ނޮވެންބަރު މަަހު ވާޑަރ ބްރޭމަން އަތުންނެވެ. މިނަތީޖާ އެކު ލާޒިއޯ ތިން ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އޮތީ ރޭ ރަޝިއާގެ ޒެނިތު އަތުން 2-1 އިން މޮޅުވި ބެލްޖިއަމްގެ ކްލަބް ބްރޫޖް އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *