އަނިޔާގެ ސަބަބުން މިރޭ ރާމޯސް ނުކުޅޭނެ

އަނިޔާގެ ސަބަބުން މިރޭ ރާމޯސް ނުކުޅޭނެ

Author
އިބްރާހީމް ސާޢިދު
21 އޮކްޓޯބަރ 2020 09:25
0

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ކުޅޭ މެޗުގައި ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ނުކުޅެވޭނެކަމަށް އެޓީމުން ބުނެފިއެވެ.

ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ލީގަށް އަލަށް ޕްރޮމޯޓުވި ކަޑިޒް އަތުން 1-0 ން ރެއާލް ބަލިވި މެޗުގައި ރާމޯސްގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. އަނިޔާ ގުޅިގެން އެ މެޗުގެ ފަހުން ރެއާލުން ބޭއްވި ފަރިތަކުރުންތަކުގައިވެސް ރާމޯސް ބައިވެރިވެފައި ނުވެއެވެ.

ޝަޚްތަރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރާމޯސްއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، އެކަމަކު އެ އަނިޔާގެ ސަބަބުން އޭނާ ޓީމާއެކު ފަރިތަކޮށްފައި ނުވާ ކަމަށެވެ.

ޗެމްޕިއަންސް ލީގުގައި ޝަޚްތަރާ ދެކޮޅަށް ރެއާލް ނުކުންނައިރު، އަންނަ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި ރެއާލުން ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ނުކުންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.