އިތުރު 1،753 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

އިތުރު 1،753 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

Author
މުޙައްމަދު ޖިމީ
19 މެއި 2021 10:34
0

އިތުރު 1،753 މީހުން ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 149،435 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހި 1،753 މީހުންގެ ތެރޭގައި މާލޭ ސަރައްޙައްދުން ވެކްސިން ޖެހި 344މީހުން ހިމެނެއެވެ. އަދި އަތޮޅުތަކުން 1،409މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 149،435އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 475މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިންގެ ޖެހި 248މީހުންނާއި، އަތޮޅުތަކުން ވެކްސިން ޖެހި 227މީހަކު ހިމެނެއެވެ. ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 304،394އަށް އަރާފައެވެ.

ކޯވިޑް-19އިން ދިފާއުވުމަށް ޖަހާ 3 ވެކްސިނެއް މިވަގުތުވެސް ރާއްޖޭގައި ދެމުންގެންދާއިރު، ރަޝިޔާގެ ވެކްސިނަށްވެސް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން މިހާރު ވަނީ ހުއްދަ ދެއްވާފައެވެ. އަދި އެވެކްސިންވެސް ހޯދުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. މީގެ އިތުރުން އެސްޓްރަޒެނަކާގެ ވެކްސިން އަންނަ މަހު ރާއްޖެއަށް ލިބޭނެކަމަށް ހެލްތް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.