ކޯވިޑްގެ ޢަދަދުތައް އަދިވެސް މަތީގައި، މިއަދު 1187 މީހުން ޕޮޒިޓިވް

ކޯވިޑްގެ ޢަދަދުތައް އަދިވެސް މަތީގައި، މިއަދު 1187 މީހުން ޕޮޒިޓިވް

Author
މުޙައްމަދު ޖިމީ
19 މެއި 2021 10:23
0

ރާއްޖެއިން އިތުރު 1،187 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދުވެސް ޕޮޒިޓިވް ކޭސްތައްމިހާ މައްޗަށް އަރާފައިވަނީ ކުރީ ދުވަސްތަކުގެ ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ މިއަދުގެ ނަތީޖާގައި ހިމެނުމުންކަމަށް އެޗްއީއޯސީން ބުންޏެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 965 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 214 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 6 މީހަކާއި، ސަފާރީތަކުން ޕޮޒިޓިވްވި 2 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 48،608 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 558 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 29،644މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 18،843 މީހުން ފަރުވާ ހޯދަމުންދާއިރު 274 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،771 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލީގައި ވަނީ 112 މީހުން ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.