ރާއްޖެއިން ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެ މިއަދު އެކަނިވެސް މިބަލީގައި ނިޔާވި މީހުންގެ އަދަދު 7އަށް އަރައިފިއެވެ. އެންމެ ފަހުން ނިޔާވެފައިވަނީ ޢުމުރުން 62 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައެވެ.
ރޭ 12:00 އިން ފެށިގެން މިހާތަނަށް 7 މީހަކު ނިޔާވެފައިވާއިރު، އެޗްޕިއޭއިން ހާމަ ކޮށްފައިވާ މިއަދު އެންމެ ފުރަތަމަ ނިޔާވެފައިވަނީ ލާމު އަތޮޅުގެ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ، އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ ދަންވަރު 1:54ގައެވެ. ދެވަނަ މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 3:01 ގައެވެ. އޭނާއަކީވެސް ލާމު ކޯވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންއައި، އަންހެނެކެވެ.
ކޯވިޑް19އަށް ޕޮޒިޓިވް ވެގެން މިއަދު ނިޔާވި 3 ވަނަ މީހާ އަކީ ހާލު ބޮޑުވެގެން އައިޖީއެމްއެހްގެ އީއާރަށް ފަރުވާދޭން ގެނައި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 7:25ގައެވެ. އެޗް ޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި 4 ވަނަ މީހާއަކީ، ހުޅުމާލޭ ފެސިލީޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންއައި، އުމުރުން 51 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 8:44 ގައެވެ.
ކޯވިޑް19ގައި މިއަދު ނިޔާވި 5ވަނަ މީހާއަކީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި އަންހެން މީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 8:30ގައި ކަމަށްވެސް އެޗްޕިއޭއިން ޓުވީޓު ކޮށްފައި ވެއެވެ.
ހަވަނައަށް މިއަދު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަިއ ފަރުވާދެމުން އަންނަނިކޮށް ނިޔާވި ޢުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 112 އަށް އަރާފައެވެ.
ކޮމެންޓު ފޮނުވާ