މާލެ އަތޮޅު ރިސޯޓަކުން ވަގަށް ނެގި ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގެންފިއެވެ.
ރިސޯޓަކުން ބަނގުރާ ފުޅިތަކެއް ވަގަށް ނަގައިގެން އެ ރިސޯޓުން ބޭރު ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ 11:45 ހާއިރު އެ ރިސޯޓުގެ ވޯޓަރވިލާ ޖެޓީ މަތިންކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް 53 ފުޅި ބަނގުރާއާއި 12 ދަޅު ބިޔަރު ގެނެސްފައިވާކަމަށާއި، ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންކަމަށްވެސް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ