ރާއްޖެއިން ކޯވިޑް-19ގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. އެންމެ ފަހުން ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަިއ ފަރުވާދެމުން އަންނަނިކޮށް ނިޔާވި ޢުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 111 ވަނަ މީހާއެވެ.
އެޗްޕިއޭއިން ހާމަ ކޮށްފައިވާ މިއަދު އެންމެ ފުރަތަމަ ނިޔާވެފައިވަނީ އުމުރުން ލާމު އަތޮޅުގެ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ، އުމުރުން 87 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ރޭގެ ދަވންވަރު 1:54ގައެވެ. ދެވަނަ މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 3:01 ގައެވެ. އޭނާއަކީވެސް ލާމު ކޯވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންއައި، އަންހެނެކެވެ.
ކޯވިޑް19އަށް ޕޮޒިޓިވް ވެގެން މިއަދު ނިޠާވި 3 ވަނަ މީހާ އަކީ ހާލު ބޮޑުވެގެން އައިޖީއެމްއެހްގެ އީއާރަށް ފަރުވާދޭން ގެނައި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 7:25ގައެވެ. އެޗް ޕީއޭއިން ހާމަ ކޮށްފައިވާ ގޮތުގައި 4 ވަނަ މީހާއަކީ، ހުޅުމާލޭ ފެސިލީޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންއައި، އުމުރުން 51 އަހަރުގެ އިންޑިއާގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހެނދުނު 8:44 ގައެވެ.
ކޯވިޑް19ގައި މިއަދު ނިޔާވި 5ވަނަ މީހާއަކީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. ހުޅުމާލޭ ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި އަންހެން މީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 8:30ގައި ކަމަށްވެސް އެޗްޕިއޭއިން ޓުވީޓު ކޮށްފައި ވެއެވެ.
މިމަހުގެ މިހާތަނަށް ރާއްޖެއިން މިވަނީ 30އަށް ވުރެ ގިނަ މީހުން ނިޔާވެފައެވެ. މިއީ ރާއްޖޭޣައި މިބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ.
ފަހަކަށް އައިސް ރާއްޖޭޣައި ކޯވިޑްގައި މަރުވާ މީހުންގެ ޢަދަދު ވަނީ ރެކޯޑް ޢަދަދަކަށް އިތުރުވެފައެވެ.
މިއަދަކީ ރާއްޖޭގައި ކޯވިޑް19 ފެތުރެން ފެށިފަހުން މިބަލީގައި އެންމެ ގިނަ އަދަދަކަށް އެއްދުވަހެއްގައި މީހުން މަރުވި ދުވަހެވެ. އަދި މިއަދާ ހަމައަށް މިބަލީގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު ވަނީ 110އަށް އަރާފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިގޮތުން، އިއްޔެއަކީ ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެކެވެ. މިގޮތުން އިއްޔެ ރައްޖެއިންވަނީ 1،465 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައެވެ.
ކޮމެންޓު ފޮނުވާ