ފްރާންސްގެ ކުރީގެކީޕަރު ބްރޫނޯ މާޓިނީ މަރުވެއްޖެ

ފްރާންސްގެ ކުރީގެކީޕަރު ބްރޫނޯ މާޓިނީ މަރުވެއްޖެ

Author
އިބްރާހީމް ސާޢިދު
21 އޮކްޓޯބަރ 2020 08:13
0

ފްރާންސްގެ ޤައުމީ ޓީމުގެ ގޯލު ބެލެހެއްޓި ކުޅަދާނަ ކީޕަރު ބްރޫނޯ މާޓިނީ މަރުވެއްޖެ އެވެ.

އުމުރުން 58 އަހަރުގައި މާޓިނީ މަރުވީ ހިތުގެ ބައްޔަށް ފަރުވާހޯދަމުން ދަނިކޮށެވެ. މާޓިނީ އަކީ ގޯލު ގޯލްކީޕަރުން ތަމްރީނުކުރަމުން އައި މީހެކެވެ. މިގޮތުން އޭނާ ވަނީ ކާމިޔާބު އެތަށް ކީޕަރުންނެއް ތަމްރީނުކޮއްފައެވެ.

1999 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމުގެ ގޯލުކީޕަރު ކޯޗުގެ މަޤާމު އަދާކޮށްފައެވެ.

މާޓިން ވަނީ 31 މެޗު ފްރާންސްގެ ގައުމީ ޓީމަށްވެސް ކުޅެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.