އެމަޖެންސީ ކީޕަރެއްގެ ގޮތުގައި ޗެކް އެނބުރި ގޯލަށް

އެމަޖެންސީ ކީޕަރެއްގެ ގޮތުގައި ޗެކް އެނބުރި ގޯލަށް

Author
އިބްރާހީމް ސާޢިދު
21 އޮކްޓޯބަރ 2020 08:18
0

މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގައި ހިމެނޭ ޗެލްސީގެ ކުޅުންތެރިންގެ ލިސްޓުގައި އެ ޓީމަށް ކުރިން ކުޅުނު ތަޖުރިބާކާރު ގޯލްކީޕަރު އަދި ޓީމުގެ ޓެކްނިކަލް އެޑުވައިޒަރު ޕީޓާ ޗެކް ހިމަނައިފިއެވެ.

ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗެކް އެ ޓީމުގެ ކީޕަރުކަމަށް ގެނައީ އެމަޖެންސީ ކީޕަރެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ ދިމާވެދާނެ ހާލަތަކަށް ބެލުމަށްފަހު އެޅި ފިޔަވަޅެއްގެ ގޮތުގައި އެ ކުލަބުން ބުނެއެވެ.

ޕީޓާ ޗެކް އެނބުރި ޗެލްސީއާއި ގުޅުނީ ކޯޗު ފްރޭންކް ލަމްޕާޑުގެ އެދުމުގެ މަތިންކަމަށް ވެއެވެ.

ޗެކް ވަނީ 2004 އިން 2015 އާއި ހަމައަށް ޗެލްސީއަށް 494 މެޗު ކުޅެފައެވެ. އޭނާ ވަނީ އެކުލަބާ އެކު 15 ތަށި ކާމިޔާބުކޮއްދީ 228 ގޯލަށް ބޯޅަ ވައްދާނުލާ ހަމަކޮއްފައެވެ. އޭނާ ރިޓިއެރ ކުރީ 2019 އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.