ކޯވިޑް19ގައި މިއަދު 3 ވަނަ މީހަކު ނިޔާވެއްޖެ

ކޯވިޑް19ގައި މިއަދު 3 ވަނަ މީހަކު ނިޔާވެއްޖެ

Author
ހުސެއިން
14 މެއި 2021 10:18
0

ކޯވީޑް19ގައި މިއަދު ހެނދުނު 3 ވަނަ މީހަކު ނިޔާ ވެއްޖެ ކަމަށް އެޗްޕީއޭއިން އިއުލާން ކޮށްފިއެވެ.

މީގެ 3 ހަފްތާކުރިން ކޯވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށިފަހުން މި ބަލީގައި މަރުވަމުންދާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވާން ފަށާފައެވެ.

ކޯވިޑް19އަށް ޕޮޒިޓިވް މިއަދު އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވާކަމަށް ރޭގެ ދަންވަރު 02:24 ގައެވެ. އެއީ އުމުރުން 88 އަހަރުގެ މީހެއްކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. ދެވަނަ މީހާ ނިޔާވެފައިވަނީ ހެނދުނު 6:30 ގައެވެ. އެއީ އުމުރުން 89 އަހަރުގެ މީހެކެވެ. އަދި މިއަދު ނިޔާވި 3 ވަނަ މީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 9:05ގައި ކަމަށާއި އަދި އެއީ އުމުރުން 86 އަހަރުގެ މީހެއްކަމަށް އެޗްޕީއޭއިން ޓުވީޓް ކޮށްފައި ވެއެވެ.

ކޯވިޑް19ގައި މިއަދު 3 މީހަކު ނިޔާވެފައިވާއިރު، ބަލި ވެރިރަށް މާލޭގައި އާދަތާ ޚިލާފަށް ބާރަށް ފެތުރެން ފެށިފަހުނ، މި މެއި މަހުގެ 10ވަނަ ދުވަހުވެސް އެއް ދުވަހެއްގައި 3 މީހަކު ނިޔާވެފައެވެ. މިގޮތުން ކޯވިޑް19 ރާއްޖޭގައި ފެތުރެން ފެށިފަހުން، މިހާތަނަށް 90 މީހުންވަނީ މި ބަލީގައި ނިޔާވެފައެވެ.

ކޯވިޑް19ގައި މިއަދު އެކަނިވެސް 3 މީހަކު ނިޔާވެފައުވާއިރު، ރާއްޖެއިން އިތުރު 1،216 މީހުން ކޯވިޑް-19އަށް އިްޔެ ވަނީ ޕޮޒިޓިވް ވެފައެވެ.

އެހެންނަ ނަމަވެސް، އިއްޔެވެސް ޕޮޒިޓިވް ކޭސްތައްމިހާ މައްޗަށް އަރާފައިވަނީ ކުރީ ދުވަސްތަކުގެ ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ނަތީޖާ އިއްޔެގެ ނަތީޖާގައި ހިމެނުމުންކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަޙައްދުން އެކަނިވެސް 1،013މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 201މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން މީހަކާއި، ސަފާރީތަކުން މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރުވަނީ 41،308 އަށް އަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.