ރައީސުލްޖުމްހޫރިއްޔާ، ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުވައިފި

ރައީސުލްޖުމްހޫރިއްޔާ، ފިޠުރު ޢީދުގެ ތަހުނިޔާ ފޮނުވައިފި

Author
މުޙައްމަދު ޝަޒައިމް
13 މެއި 2021 07:13
0

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޓީވީ މެދުވެރިކުރައްވާ ދެއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ ޢީދު ދުވަހާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ ޢީދު ދުވަހަކީ، ދީނީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އިޖްތިމާޢީ ގޮތުންވެސް، ދިވެހިންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ދުވަހެއްކަމަށެވެ. އަދި މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ޚާއްޞަ ދުވަހެއްގައި ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ޢީދުގެ ތަހުނިޔާ ފޮނުވައި، ޙާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ.

ޢީދު ދުވަހަކީ، ދީނީ ގޮތުންނާއި ޘަޤާފީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް، އަޅުގަނޑުމެންގެ ހިތްތަކުގައި ވަރަށް ޚާއްޞަ ޤަދަރެއް ދެވިފައިވާ ދުވަހެއްކަމަށާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ އެކުވެރިކަމާއެކު އުޅުމުގެ ދުވަހަކަށް މިދުވަސް ހެދުމަށް އެމަނިކުފާނު އެދިވަޑަައިގަތެވެ. އަދި ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް އީދުގެ ތަހުނިޔާ ފޮނުވައި، އެމީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި އުޅުމަށް، ވަރަށްބޮޑަށް ސަމާލުކަންދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޢީދު ފާހަގަކުރުމަށް، އިސްލާމް ދީނުގައި ކަނޑައަޅުއްވާފައި ހުރި ކަންކަމަށް ބަލާއިރު މުޅިންވެސް ފެންނަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް، އަދި އެއް އިންސާނަކު އަނެއް އިންސާނަކަށް، އޯގާތެރިވުމާއި އެހީތެރިވުމާއި، ހިތްހެޔޮކަން ފާޅުކުރުމާއި، އުފާވެރިކަމާއެކު ބައްދަލުކުރުމަށް މަގުފަހިކޮށްދޭ ކަންކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.