ސައުދީ އަރަބިއާގެ ރިޔާދުގެ މަލަމަތި ދުނުރުން ފެންނަން ހުންނަ ގޮތަ

ސައުދީ އަރަބިއާއާ އެކީ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދާ ކަމަށް އިރާނުން ބުނެފި

ސައުދީ އަރަބިއާއާ އެކީ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދާ ކަމަށް އިރާނުން ބުނެފި

ސައުދީ އަރަބިއާއަ އެކީ ހުރި މައްސަލަތައް ހައްލު ކުރުމަށް ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންދާކަން، ފުރަތަމަ ފަހަރަށް އިރާނުން އާންމު ކޮށްފިއެވެ. އަދި އިރާނުން ބުނެފައިވަނީ، ދެގައުމުގެ ދެމެދުގައި ހުރި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އިރާނަށް ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށެވެ.

"އަރަބި ސަރަހައްދުގައި ހިމެނޭ މުސްލިމް މި ދެގައުމުގެ ދެމެދުގައި ހުރި މައްސަލަތައް ހައްލު ކުރުމަކީ ދެގައުމުގެ މަސްލަހަތުވެސް ހިމެނޭ ކަމެއް،" ހަފްތާއަކު އެއްފަހަރު ޓީވީ މެދުވެރިކޮށް ދައްކަމުންދާ ނޫސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިރާނުގެ ފޮރިންގ މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދޭ ވިދާޅުވެފައި ވެއެވެ.

"ދެގައުމުގެ ދެމެދުގުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް އިރާނުން މަރުހަބާ ކިޔަން، މި މައްސަލަަތއް ހައްލު ކުރުމަށް އިރާނުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ،" މިހާރު އިރާނުން އިންތިޒާރު ކުރަމުންދަނީ މި ވާހަކަތަކުގެ ނަތީޖާއަކަށް ކަމަށް ވިދާޅުވަމުން ފޮރިންގެ މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.

ސައުދީ އަރަބިއާގެ ފޮރިންގ މިނިސްޓްރީގެ ހެޑް އޮފް ޕޮލިސީ ޕްލޭނިން، އެމްބެސެޑަރ ރައިދު ކްރިމްލީ ވިދާޅުވި ގޮތުގައި ދެގައުމުގެ ދެމެދުގައި ބޭއްވެމުންދާ ސުލްހައިގެ ވާހަކަތައް އަމާޒު ކުރެވިފައިވަނީ، ސަރަހައްދުގައި ހުރި ނުތަނަވަސްކަން ފިލުވާލުމަށެވެ. އޭނާ ވިދާޅުވީ، ވާހަކަތަކުގެ ނަތީޖާއާމެދު އެއްޗެއް ބުނަން އަދި މާވަސް ކަމަށާއި، އަދި ސައުދީ އަރަބިއާއިން ދެކެން ބޭނުންވަނީ، އިޚްލާސްތެރިކަން ކަމުގައެވެ.

ރޮއިޓާސްއާއި ހަވާލާދީ ބައެއް ފަރާތްތަކުން ފާއިތުވެދިޔަ މަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ތެހެރާނުންވަނީ، ސައުދީ އަރަބިއާއަށް ހަމަލާ ދެމުންދާ ހޫތީ ހަގުރާމަވެރިންގެ ފަރާތުން ކުރިމަތިވެފައިވާ ނުރައްކާތައް ހުއްޓުވުމަށް ވައުދު ވެފައެވެ. ބަދަލުގެ ގޮތުގައި އިރާނުން ބޭނުންވަނީ، މިހާރު ކުރިޔަށްދާ އިރާނުގެ ނިއުކުލިއަރ ޕްރޮގްރާމާބެހޭ މަޝްވަރާތަކުގައި ސައުދީ އަރަބިއައިން އެގައުމަށް ތާޢީދު ކޮށްދިނުމެވެ.

އިރާނާ ދުނިޔޭގެ ބާރުތަކާ ދެމެދު، ވިއެނާގައި މިހާރު ކުރިޔަށް ސުލްހައިގެ ވާހަކަތަކުގެ އަމާޒަކީ، ވޮޝިންގޓަންއައި އިރާނު އަލުން 2015ގެ ނިއުކުލިއަރ ޑީލްގެތެރެއަށް ގެނައުމެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕް ފ2018 ވަނަ އަހަރު އެމެރިކާ މި އެއްބަސްވުމުން ބޭރު ކުރުމުގެ ސަބަބުން އިރާނުންވަނީ، ނިއުކުލިއަރ އެއްބަސްވުމުގައި ކަނޑއަޅާފައިވާ ކަންކަމަށް އަމަލު ކުރުން ހުއްޓާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *