މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން، މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑިޕީގެ ގައުމީ މަޖިލިސް އިންތިޚާބު ލަސްކުރުމާމެދު ވިސްނުމަށް ރައީސް އެޕާޓީގެ މައުމީ މަޖިލުހުގައި އެދި ވަޑައިގެންފިއެވެ.
ރައީސް މިގޮތަށް އެދުވަޑައިގަތީ، ނަޝީދުގެ ސިއްޙީ ހާލުކޮޅާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލިހާ ހިއްސާކުރުމަށް ޒޫމް މެދުވެރިކޮށް މިރޭ އެޕާޓޫގެ ގައުމީ މަޖިލީހާ ބައްދަލު ކުރައްވަމުންނެވެ.
ނަޝިދުގެ ސިއްޙީ ހާޅުކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮންމެ އިންތިޚާބަކީވެސް އޭގެ ޒާތުގައި ވާދަވެރުކަން އޮންނާނެ ކަމެއް ކަމަށާއި، އަދި މި ވަގުތަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް އެޕާޓީވެސް ތައްޔާރު ވަމުންދާ ދަނޑިވަޅުކަމަށް ވުމާއިއެކު، އެ ވާދަވެރިކަން އެމްޑިޕީގެ ތެރޭގައިވެސް އޮންނާނެ ކަމަށެވެ.
އެހެންނަމަވެސް، މިމަހު 6 ވަނަ ދުވަހު ޕާޓީގެ ރައީސަށް އަމާޒުކޮށް ދެވުނު ހަމަލާއާއެކު، މި ވަގުތަކީ އެމްޑީޕީއަށް ވަރަށް މުހިންމު ދަނޑިވަޅެއް ކަމުގައި ރައީސް ސޯލިހު ވިދާޅު ވިއެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިޔަށް ދާ ގޮތާމެދު ހިންހަމަޖެހިވަޑައި ގަންނަވާ ކަމަށާއި، މި ހަމަލާއާއި ސީދާ ގުޅުން ހުރި ފަރާތްތައް މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މި ހަމަލާގެ މައުލޫމާތު މަޖިލީހުގެ 241 ކޮމިޓީއާވެސް ހިއްސާކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި، މި ހަމަލާގައި އިންޓެލިޖެންސް ފެއިލިއަރ އެޅޭތޯ ނުވަތަ ނޫންތޯ ޔަގީން ކުރެއްވުމަކީ މުހިންމުކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވެފައިވަނީ، އިންޓެލިޖެންސް ޚާއްސަ އޮޑިޓެއް ހެދުމަށް މިހާރު އަންގަވާފައިވާ ކަމަށާއި، އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
މިރޭގެ ޒޫމް ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ޓެރަރިސްޓުންނަށ ގައުމުގެ ހަމަޖެހުން ނަގާލަން ފުރުސަތު ނުދެއްވާނެ ކަމަށާއި މިއީ އާ ހިތްވަރަކާއެކު އަލުން ކުރިޔަށް ދާންވީ ވަގުތު ކަމުގައެވެ.
ކޮމެންޓު ފޮނުވާ