އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައިވެސް ކާފިއު އިޢުލަންކޮށްފިއެވެ.
އައްޑުއާއި ފުވައްމުލަކުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން އެޗްޕީއޭއިން 7 ދުވަހުގެ މުއްދަތަށް އެރަށްތަކުގައި ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ރޭގަނޑު 9:00 އިން ހަވީރު 4:00 އަށް ދެ ސިޓީގައިވެސް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އައްޑޫގައި އެއްރަށުން އަނެއް ރަށަށް ދިއުން ހުއްޓާލުމަށް އަންގާފައިވާއިރު، ފުވައްމުލަކުގައިވެސް އެއްއަވަށުން އަނެއް އަވަށަށް ދިއުން ވަނީ މަނާ ކޮށްފައެވެ.
މީގެ އިތުރުން އެ ދެރަށުގައިވެސް، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ހޮޓާ ރެސްޓޯރެންޓާއި ކާބޯތަކެތީގެ ޚިދުމަތް ދެމުން ގެންދާ ތަންތަނުން ޓޭކް އަވޭއި އާޢި ޑެލިވަރީގެ ޚިދުމަތް ހުއްޓާލުމަށާއި، އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރުން ޕާޓީ ތަކާއި ހަފްލާތަކާއި، ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށާއި ސެލޫން ތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މިދެސިޓީގައި ޓެކްސީގެ ޚިދުމަތްވެސް އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ދިނުމަށް ވަނީ އަންގާފައެވެ
އައްޑޫސިޓީގައި މިވަގުތުވެސް 37 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، ފުވައްމަލަކުގައި ފާއިތުވި 48 ގަޑި އިރު ތެރޭ 16 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އެޗްޕީއޭއިން ވަނީ، ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރިއާއި، އއ.އުކުޅަހާއި، ބ. އޭދަފުށީގައިވެސް ކާފިއު އިއުލާންކޮށްފައެވެ.
ކޮމެންޓު ފޮނުވާ