ކަރަންޓީން މުއްދަތު 14 ދުވަހަށް އިތުރުކޮށްފި

ކަރަންޓީން މުއްދަތު 14 ދުވަހަށް އިތުރުކޮށްފި

Author
މުޙައްމަދު ޖިމީ
07 މެއި 2021 05:32
0

ކޯވީޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ކަރަންޓިން މުއްދަތު 10 ދުވަހުން 14 ދުވަހަށް އެޗްޕީއޭއިން އިތުރުކޮށްފިއެވެ.

ރާއްޖޭގެ ކޯވީޑް ކޭސްތައް ދަށްވުމުން ކަރަންޓީން މުއދަތު 10 ދުވަހަށް ބަދަލުކުރުމަށްފަހު އަނެއްކާވެސް އަލުން 14 ދުވަހަށް އިތުރުކޮށްފައި މިވަނީ ބަލިޖެހޭ މީހުންގެ ޢަދަދު އިންތިޙާއަށް އިތުރުވެ ނުރައްކާ ބޮޑުވެފައިވާތީއެވެ. އަދި ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 8 މީހަކު މަރުވެފައިވެއެވެ.

ކޯވީޑް ކޭސްތައް އިތުރުވެ ރޭގަނޑު 9 އިން ފަތިހު 4އާއި ހަމައަށް ކާފިއު ހިންގުމަށް ނިންމާ އެ ފިޔަވަޅަށް ދަނީ ޢަމަލުކުރަމުންނެވެ. އަދި އަދި ރޭގަނޑު 9:00 އިން މުދާ ވިއްކާ ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް ވަނީ އަންގާފައެވެ. އެހެން ނަމަވެސް ރޭގަނޑު 9:00 އިން މެންދަމު 12:00 އަށް، ފުލުހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މާލޭ ސަރަހައްދުގައި ކިންޑަރގާޓްން އިން ފެށިގެން ގްރޭޑް ބާރައާއި ހަމައަށް ކިޔަވައިދޭ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ފަށާފައިވާ އޯލެވެލް އިމްތިހާނު ކުރިއަށްދާނެއެވެ. އަދި ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުމަށްވެސް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.