ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިންހަމަލާއާއި ގުޅޭ ހަތަރު މީހެއް ދެނެގަނެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޕްރެސްގައި ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށް ހަމީދު ވިދާޅުވިއެވެ. މިއީ އެމަނިކުފާނުގެ ފުރާނައަށް އަމާޒުކޮށް ގަސްތުގައި ދީފައިވާ ހަމަލާއެއްކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އޭނާ ވަނީ މި ހަމަލާ ދިންކަމަށް ޝައްކުކުރެވޭ4 މީހުންގެ މަޢުލޫމާތު ދިނުމަށް އަދި އުޒުރުވެރިވާކަމަށެވެ.
ރޭގެ ހަމަލާ ތަހުގީގްކުރަނީ ޓެރަރިޒަމްގެ ހަމަލާއެއްގެ ގޮތުގައިކަމަށްވެސް ހަމީދު ވިދާޅުވިއެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ08:38 ހާއިރުކަމަށްވެސް ހަމީދު ފާހަގަކުރެއްވިއެވެ.
ހަމީދު ވިދާޅުވީ މި ހަމަލާ ދިންމީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށާއި، ފުލުހުންގެ އެންމެ މަތީ ޤާބިލްކަން ބޭނުންކުރައްވާނެކަމަށެވެ. އަދި ރާއްޖެއާއި ގުޅުންއޮތް ބައިނަލްއަޤްވަމީ ޤައުމުތަކާއި ޖަމާއަތްތަތކުގެ އެހީވެސް ހޯދަމުން އަންނަކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
މިހާތަނަށް ބެލުމުން ނުބެލެވޭ މިލިޓަރީ ގްރޭޑްގެ ތަކެތި ބޭނުންކޮށްފައި ހުރިކަމަކަށް.
– އޭސީޕީ ރިޔާޒް
ހަމީދު ވިދާޅުވީ މި ހަމަލާއާއިގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިނުވާކަމަށެވެ.
މި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ދިވެހި މުޖުތަމަޢުގައިވެސް މިފަދަ ނުރައްކާތެރި ހަމަލާ ދިނުމުގެ ޤާބިލްކަން އެބަހުރިކަމަށެވެ. އަދި ބޭރުގެ އެއްވެސް ފަރާތަކުންވެސް އިންޓެލިޖަންސް މަޢުލޫމާތު ހިއްސާކުރައްވާފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ހަމީދު ވިދާލުވީ މިފަދަ ހަމަލާތަކާއި ގުޅިގެން،އިތުރު ނުރައްކަލެއް އޮތްތޯއާއި އިތުރު ހަމަލާއެއް ދީފާނެ ކަންކަން ހޯދުމަކީ އެމްއެންޑީއެފްގެ ޒިންމާއެއްކަމަށެވެ. އެކަން އެފަރާތުންކުރިއަށް ގެންދާނެކަމަށެވެ.
މި ހަމަލާގެ ޕޯސްޓްމޯޓަމްއެއް ހަދަންޖެހޭނެކަމަށް ޤަބޫލުކުރަނީ.
– ސީޕީ ހަމީދު
މި ހަމަލާއަކީ ފޮރިންޓެ ޓެރަރިސްޓްބަޔަކާއި ގުޅުންހުރި ހަމަލާއެއްކަމެއް ދެނެގަނެވިފައި ނުވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ. އަދި އިންޓެލިޖެންސްއަށް އެ ހަމަލާގެ މައުލޫމާތު ލިބިފައި ނުވާ ސަބަބު ދެނެގަންނަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭސީޕީ ރިޔާޒް ވިދާޅުވީ ހަމަލާ ދިންކަމަށް ޝައްކުކުރެވޭ ހަތަރު މީހުން ހައްޔަރުކުރުމުގެ ކުރިން އެމީހުން ދެނެގަތުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ފުލުހުން ނިންމެވީ ޤާނޫނުގައިވާ ހަމަތަކުގެ ދަށުންކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
ސީޕީ ހަމީދު ވިދާޅުވީ، ސްޓޭޓް އޮފް އެމެޖެންސީ އިުލާންކުރެއްވުމަކީ ދައުލަތުގެ އެންމެ މަތީ ފަރާތްތަކުން ކުރައްވަންޖެހޭ ކަމެއްކަމަށާއި، ފުލުހުންގެ ޒިންމައަކީ އަރުވަންޖެހޭ މަޢުލޫމާތު އެރުވުންކަމަށެވެ މި ހަމަލާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތް ކުރައްވާކަމަށްވެސް ހަމީދު ފާހަގަކުރެއްވއެވެ.
ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކުރައްވަން ޖެހޭ ވަގުތެއްކަމަށް ޤަބޫލުނުކުރައްވާކަމަށާއި، ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވާކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ރޭގެ ހަމަލާއި ގުޅިގެން ގޮވާ އެތިހަރުކޮށްފައިވާކަމަށ ްބެލވޭ ސައިކަލުގެ މަޢުލޫމާތު ލިބިފައިވާކަމަށް އޭސީޕީ މި ޕްރެސްކޮންފަރެންސްގައި ދެންމެ ވިދާޅުވިއެވެ. އެ ސައިކަލުގެ ސައްހަ މަޢުލޫމާތު ހޯދިފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ