ގޮވާއެއް ގޮއްވާލާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފަރުވާ ހޯއްދެވުމަށް ތިނަވަ އޮޕަރޭޝަނެއް ކުރައްވައިފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދެވުނު ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ގެންދަނީ އޭޑިކޭގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އެކި ވަރުގެ ސާޖަރީތައް ގެންދަނީ ހަދަމުންނެވެ. ރޭގެ ހަމަލާގައި ރައީސް ނަޝީދުގެ ފުއްޕާމެޔަށާއި، ލިވަރއަށްވެސް ގޮވި ގޮވުމުގެ އެތިކޮޅުތައް ބުރައިގެންގޮސް ގެއްލުންވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ރައީސް ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި ވިދާލުވީ ލިވައަށް ލިބުނު ގެއްލުންތަކުގެ އޮޕަރޭޝަން ކުރިއަށްދާކަމަށާއި، އެ އޮޕަރޭޝަނަށް ލަފާކުރި ހަތް ގަޑިއިރު ފަހަނައަޅަފައިވީނަމަވެސް އަދިވެސް އެ އޮޕަރޭޝަން ނިމިފައިނުވާކަމަށެވެ. އަދި ރައީސް ނަޝީދުގެ މޭ ކަށިތަކަށްވެސް ގެއްލުންވެފައިވާކަމަށް ވިދާޅުވެފައިވެއެވެ.
ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅުގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންނަށާއި، އެ ސަރަހައްދުން ދިޔަ ބިދޭސީއަކަށްވެސް ގެއްލުންވެފައިވެއެވެ. ނަމަވެސް އެމީހުންނަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި، ސިޔާސީ ބޭފުޅުންނާއި، ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކާއި ޤައުމުތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ. ރައީސް ނަޝީދަށް ފަރުވާ ދެމުން އަންނައިރުއ ަދިވެސް އޮތީ ހޭފުޅު ނައްތާލައްވާފައެވެ.
ކޮމެންޓު ފޮނުވާ