ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

Author
މުޙައްމަދު ޖިމީ
06 މެއި 2021 10:37
0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުށްވެރިކުރައްވައިފިއެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ނީލޯފަރުމަގުގައި ބާރުގަދަ އެއްޗެއް ގޮވައި ރައީސް މުޙައްމަދު ނަޝީދަށް ލިބުނު އަނިޔާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންކަމަށެވެ. އަދި މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި މި މައްސަލަ ފުލުހުން މިހާރު ތަޙުޤީޤުކުރަމުންދާކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.