ޒަކާތް ދައްކާ މީހުންގެ ޢަދަދު މަދު: އިސްލާމިކް މިނިސްޓަރ

ޒަކާތް ދައްކާ މީހުންގެ ޢަދަދު މަދު: އިސްލާމިކް މިނިސްޓަރ

Author
މުޙައްމަދު ޖިމީ
06 މެއި 2021 01:18
0

މިހާތަނަށް ފިތުރު ޒަކަތް ދެއްކި މީހުންގެ ޢަދަދު ކުރީ އަހަރުތަކާއި އަޅަބަލާއިރު މަދުކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަންވަނީ ފަށާފައެވެ. އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ، މިހާތަނަށް ޒަކާތް ދެއްކި މީހުންގެ ޢަދަދު ކުރީ އަހަރުތަކަށްވުރެ މަދުކަމަށާއި، ފަހު ވަގުތަށް މަޑުނުކުރައްވާ ފިތުރު ޒަކާތް އަވަހަށް ދެއްކުމަށް ސަމާލުވުން މުހިންމުކަމަށެވެ. މިނިސްޓަރ ވަނީ ފައިސާއާއި ގޮވާމުންވެސް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި މިމަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ގޮވާމުން ޒަކާތް ދައްކަން ބޭނުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާއިރު މާލޭ ސަރަޙައްދުގައި ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީޚަކީ މޭ މަހުގެ 14 ވަނަ ދުވަހުއެވެ. އަތޮޅުތަކުގައި އެރަށެއްގެ ކައުސިލުން ކަނޑައަޅާ މުއްދަތަކަށް ޒަކާތް ދެއްކޭނެއެވެ. ދިރާގާ އުރީދޫ އަދި މޯލްޑިވްސް އިސްލާމިކް ބޭންކާ، ބޭންކް އޮފް މޯލްޑިވްސް މެދުވެރުކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އުރީދޫއާއި ދިރާގުން އެސްއެމްއެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ. މީގެއިތުރަށް ފަހިޕޭ އެޕްލިކޭޝަންއާއި ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނެރުމަށް ކަނޑައަޅާފައިވަނީ އެރަށެއްގައި ކެއުމަށް އާއްމުކޮށް ކައިއުޅުނު ބާވަތެއްގެ 2.4 ކިލޯގެ އަގެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.