ފިޔަވަޅުތައް ތަންފީޒްކުރުމަށް ސަލާމަތީ ޚިދުމަތުގެ ބޭނުން ހިފުމަށް އިބްރާހީމް ދީދީ ގޮވާލައްވައިފި

ފިޔަވަޅުތައް ތަންފީޒްކުރުމަށް ސަލާމަތީ ޚިދުމަތުގެ ބޭނުން ހިފުމަށް އިބްރާހީމް ދީދީ ގޮވާލައްވައިފި

Author
މުޙައްމަދު ޖިމީ
06 މެއި 2021 09:55
0

ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތު ނުރައްކާވެފައިވާތީ، އަޅަފައިވާ ފިޔަވަޅުތައް ތަންފީޒްކުރުމަށް ސަލާމަތީ ޚިދުމަތް ބޭނުންކުރުމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުޙައްމަދު ދީދީ ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެ، ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު ވަނީ 7 ހާހުން މައްޗަށް އަރާފައެވެ. މިއާއެކު ސިއްޙި ޚިދުމަތްތެރިން މަދުވެ، ވޮލެންޓިއަރކޮށް މަސައްކަތްކޮށްދޭނެ ބަޔަލު ހޯދުމަށްވެސް ސަރުކާރުން މިހާރު ވަނީ އިޢުލާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ސިފައިންގެ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވީ ކޯވިޑްގެ ހާލަތު ކޮންޓްރޯލް ކުރެވޭނީ އެންމެން ޤަވާއިދުތަކަށް ބޯ ލަނބައިގެންކަމަޑެވެ. ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް މި މުޖުތަމަޢުގަ ތަންފޭޒްކުރެވޭނީ ސަލާމަތީ ބާރުތަކަށްކަމަށާއި، ހަނގުރާމަ ކުރަންނުޖެހޭ ވަގުތު ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގަ ސަލާމަތީ ޚިދުމަތް ބޭނުންކުރަންޖެހޭކަމަށް އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވިއެވެ.

ކޯވިޑްގެ ހާލަތު ކޮންޓްރޯލް ކުރެވޭނީ އެންމެން ޤަވާއިދުތަކަށް ބޯ ލަނބައިގެން. މި މުޖުތަމަޢުގަ އެކަން ޖެހޭނީ ތަންފޭޒްކުރަން ސަލާމަތީ ޚިދުމަތްތަކަށް. ހަނގުރާމަ ކުރަންނުޖެހޭ ވަގުތު ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގަ ސަލާމަތީ ޚިދުމަތް ބޭނުންކުރަންޖެހޭ.

– އިބްރާހީމް މުޙައްމަދު ދީދީ

ކޯވިޑް ފެތުރޭތޭ ދޮޅު އަހަރު ފާއިތުވެގެން ދާއިރު، ބަލި މީހުންނަށް ފަރުވާ ދިނުމަށް ތިބީ އެއް ބައެއްކަމަށާއި، އެމީހުންމިހާރު ވަރުބަލި ވެފައިވާކަމަށް ސިއްޙީ ޚިދިމަތްތެރިން އަންނަނީ ވިދާޅުވަމުންނެވެ. ކޯވިޑުން ރައްކާތެރިވުމަށް ސަރުކާރުން މިހާރު ވަނީ އަނެއްކާވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މިރޭއިން ފެށިގެން ރޭގަނޑު9 އިން ފަތިހު4 އާއި ހަމައަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. އަދި ބަލިން ރައްކާތެރިވުމަށް އިތުރު ބައެއް ފިޔަވަޅުތައްވެސް ގެންދަނީ ތަންފީޒްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.