ޓޫރިޒަމް ދެމި އޮންނާނީ އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅައިގެން: ސަޢީދު

ޓޫރިޒަމް ދެމި އޮންނާނީ އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅައިގެން: ސަޢީދު

Author
މުޙައްމަދު ޖިމީ
06 މެއި 2021 09:39
0

ޓޫރިޒަމް ސިނާއަތު ދެމިއޮންނާނީ، ކޯވިޑާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އަޅައިގެންކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، ސަރުކާރުން އާންމު ރައްޔިތުން ފަރުދީ ޒިންމާ އަދާކުރުމަށް ތަކުރާރުކޮށް ވިދާޅުވަމުންދާ ދިއުމަށް އިޝާރާތްކުރައްވާ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، އިއްޔެ އެކަނިވެސް734 މީހަކު ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ ގުލްވާއިރު، ސަރުކާރުގެ މުޅި ޕްރެސް ކޮންފަރެންސް އަމާޒުކޮށްފައިވަނީ ޢާންމުން ފަރުވާތެރިވުމަށްކަމަށެވެ. އެއާއިއެއްވަރަށް ސަރުކާރަށް ނުދެވޭ ޖަވާބަކީ އެންމެ ބޮޑަށް ވައިރަސް ފެތުރޭ ގައުމުތަކުން ލޭބަރުން ޓޫރިސްޓް ވިދާގައި އައުން ނުހުއްޓުވޭކަންކަމަށެވެ.

ސަޢީދު ވިދާޅުވީ، ޓޫރިޒަމް ދެމިއޮންނާނީ އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅައިގެންކަމަށެވެ. އެއީ ކޯވިޑް ނުރައްކާވާ މިންވަރަށް ފެތުރޭ ޤައުމުތަކުން މީހުން އައުން ވަގުތީ ގޮތުން މަޑުޖައްސާލުން ކަމުގައި ވީނަމަވެސްމެކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި އާންމު ސިއްހަތުގެ ޒިންމާއަކީ ލަސްކުރެވޭނެ ކަމެއް ނޫންކަމަށްވެސް ސަޢީދު ވިދާޅުވެފައިވެއެވެ.

ސަޢީދު މިހެން ވިދާޅުވެފައިވާއިރު، މިސަރަހައްދުގައި އަދި ދުނިޔގައިވެސް އެންމެ ހަލުވިކަމާއެކު އެންމެ ނުރައްކާ މިންވަރަށް ބަލި ފެތުރެމުންދާ އިންޑިއާއިން ފަތުރުވެރިންނަށް ރާއްޖޭގެ ރިސޯޓްތަކަށް އަދިވެސް އާދެވެއެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކަށާއި، މަސައްކަތްކުރުމަށް އަންނަމީހުންނަށް ރާއްޖެ ނާދެވޭގޮތަށް ވަނީ އެމީހުން އެތެރެވުން މިހާރު ހުއްޓާލާފައެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުން ރާއްޖެއަށް އާދެވެއެވެ.

ރާއްޖޭގައި ކޮންމެ ދުވަހަކުވެސް ރެކޯޑް ޢަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވްވަމުންދާއިރު، ހަލުވިކަމާއެކު ބަލިފެތުރެނީީ އައު ވޭރިއަންޓުގެ ސަބަބުންކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި މިއީ އިންޑިއާ ވޭރިއަންޓްކަމަށްވެސް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.