Ad
އޭސީސީގެ ތަޙްގީގްތަކާ މެދު އިންތި ސުވާލު އުފައްދަވައިފި

އޭސީސީގެ ތަޙްގީގްތަކާ މެދު އިންތި ސުވާލު އުފައްދަވައިފި

Author
މުޙައްމަދު ޖިމީ
20 އޮކްޓޯބަރ 2020 11:17
0

ވެންޓިލޭޓަރުތަކުގެ މައްސަލާގައާއި، އަދި އެނޫން މައްސަލަތަކުގައިވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތި މައްސަލަތައް ދައުވާކުރަން ފޮނުވާ މައްސަލާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އޭސީސީގެ ތަޙްގިގާމެދު ސުވާލު އުފައްދަވައިފިއެވެ.

ކޯވިޑް-19ގެ ޙާލަތާއިގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގަައި ނުފޫޒު ބޭނުންކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތާއެކު ޙެލްތު މިނިިސްޓަރ ޢަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ. މިމައްސަލައާއި ގުޅިގެން އިންތި ކުރެއްވި ޓްވީޓެއްގައިި ވިދާޅުވީ ފެނިގެން މިދިޔައީ މަޖިލީހަށް ޙާޒިރުވުމަށް އޭސީސީގެ މެންބަރުންނަށް އެންގުމުން މަޖިލީހަށް ހާޒިރުވުމަށް ވަޑައިގެންނެވި މަގުމަތީގައި ޕީޖީ އޮފީހަށް ވައްޓާލި މައްސަލައިގެ ފެންވަރުކަމަށެވެ.

އެދުވަހު ހެނދުނު 11 އަށް މަޖިލީހަށް ޙާޒިރުވުމަށް އޭސީސީ އަށް އެންގުމުން، އައި މަގުމަތީގައި ޕީޖީ އަށް މައްސަލަ ވައްޓާލާފައި އަންނަންވެގެން ކުރި ތަޙްގީގްގެ ފެންވަރު

– އިމްތިޔާޒް ފަހުމީ

ވެންޓިލޭޓަރު ހޯދުމުގަައި މަޤާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތާއެކު ޙެލްތު މިނިިސްޓަރ ޢަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީ އިން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެދުވަހުވެސް އިންތިވަނީ އެމައްސަލާމެދު ސުވާލު އުފައްދަވާފައެވެ.

އޭސީސީގެ ތަޙްގީގުގައި ފެންވަރު ދަށްކަމުން ކުރީގެ 2 ފިނޭންސް މިނިސްޓަރުންގެ މައްޗަށް ދައުވާ ނުކޮށް ޕީޖީ އިން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލައްވާފަ. މިއަދު 11 އަށް މަޖިލިސްއަށް އޭސީސީ ޙާޒިރުކުރުމަށް އެންގިފައިވަނިކޮށް 08:15 ގައި މި މައްސަލަވެސް ޕީޖީ އަށް ފޮނުވީ އެހާ ފެންވަރު ދަށް ތަހްގީގަކަށް ފަހުގައިބާ؟

– އިމްތިޔާޒް ފަހުމީ

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭސީސީން ދައުވާކުރުމަށް ފޮނުވި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ ނިންމާފައިވާއިރު، އޭސީސީގެ މައްސައްކަތްތަކާއި ގުޅޭގޮތުން މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުން އަންނީ ސުވާލު އުފައްދާ އެކި ތުހުމަތުތައް ކުރައްވަމުންނެވެ. އެގޮތުން އޭސީސީއަށް އައު މެންބަރުން ލެއްވީ ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ބޮޑެތި މައްސަލަތައް ތަޙްޤީގްކޯށް ދައުވާކުރުމަށްކަމަށްވާއިރު، އޭސީސީން ފެންނަނީ އެންމެ ކުދި މައްސަތައް ފަހާ ދުވާތަންކަމުގައި ތުހުމަތުކޮށްފައެވެ. އަދި އޭސީސީގެ މެންބަރުންގެ އިސްތިއުފާއަށްވެސް އެމްޑީޕީގެ ގިނަ މެންބަރުން ގޮވާލައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.