ރާއްޖެއިން ކޯވިޑް-19ގެ ހާލަތު ނުރައްކާވެފައިވާތީ، ބަލި ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކއި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ އޮޕަރޭޝަންތައް ފުޅާކޮށްފިއެވެ.
ކޯވިޑް-19ގެ އާ ރާޅާއެކު އެސެންޓަރުގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިރުޝާދު ދެއްވާފައިވާކަމަށާއި، އެގޮތުން މިއަދުން ފެށިގެން ނައިބު ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އިސްވެ ހުންނަވައި، ދަރުބާރުގޭގައި ކޮންމެ ދުވަހަކު ބައްދަލުވުންތައް ބާއްވާނެކަމަށް އެޗްއީއޯސީން ބުންޏެވެ. އަދި އެބައްދަލުވުންތަކުގައި ކަމާބެހޭ ވަޒީރުން ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް އެޗްއީއޯސީން ބުންޏެވެ.

Vice President Mr.Faisal Naseem co-chaired the Health Emergency Coordination Committee meeting and discussed ways to address and strengthen measures to control current surge in cases @MoHmv @presidencymv pic.twitter.com/ojqmc4s2mD
— Health Protection Agency (@HPA_MV) May 5, 2021
ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް ރައީސުލްޖުމްހޫރިއްޔާ ކޮންމެ ދުވަހަކު އޮންލައިން ކޮށް ބާއްވާނެ ކަމަށާ، ހެލްތު އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ. ކޮންމެ ދުވަހަކު ޕޮލިސީ ލެވަލްގެ ބައްދަލުވުންތައް ބާއްވައިގެން އެޗްއީއޯސީގެ އޮޕަރޭޝަންތައް އެންމެ ފަހުން ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު އޭޕްރިލް މަހު ކޯވިޑް-19ގެ ހާލަތު ގޯސްވެ މާލެ ފުރަބަންދުކުރި ހިސާބުންނެވެ.

ކޯވިޑް-19އާ ދެކޮޅަށް ރާއްޖޭގައި ރަސްމީކޮށް މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ޖެނުއަރީމަހުގެ މެދުތެރޭގައެވެ. އެޗްއީއޯސީގެ މަސައްކަތްތައް ފުޅާކޮށްފައި މިވަނީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒްކުރަން ފަށާފައިވަނިކޮށެވެ. ރާއްޖެއިން އައު ރެކޯޑް ޢަދަދަކަށް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ ފާއިތުވި24 ގަޑިއިރުގެ ތެރޭގައިވެސް600އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވިއެވެ،
ކޮމެންޓު ފޮނުވާ