ހިޔާ ފްލެޓްތަަކަށް ކަރަންޓް ދޭން ގެނައި ކޭބަލް ވަގަށް ނަގައިފި، މައްސަލަ ތަހުގީގްކުރަނީ

ހިޔާ ފްލެޓްތަަކަށް ކަރަންޓް ދޭން ގެނައި ކޭބަލް ވަގަށް ނަގައިފި، މައްސަލަ ތަހުގީގްކުރަނީ

Author
މުޙައްމަދު ޖިމީ
05 މެއި 2021 04:08
0

ހިޔާ ފްލެޓްތަކަށް ކަރަންޓްގެ ޚިދުމަތް ދިނުމަށް ގެނައި ކޭބަލް ވަގަށް ނަގާފައިވާކަމަށާއި، އެ މައްސަލަ ތަހުގީގްކުރަމުން އަންނަކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ގެނެސްފައިވާ ކަރަންޓް ކޭބަލްތަކާއި ބެހޭގޮތުން އެޗްޑީސީން ނެރެފައިވާ ނަޔާނެއްގައި ވަނީ ކޭބަލްތައް ގެއްލިފައިވާކަން އެ ކުންފުނީގެ ސަމާލުކަމަށް އައުމާއިއެކު ކުންފުނީގެ އިންޓަރނަލް އޮޑިޓުންނާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި ގުޅިގެން ތަޙުޤީގުކުރަމުން އަންނަކަމަށެވެ.

ހުޅުމާލެ ފޭސް 2 ހިޔާ ސަރަޙައްދުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކަރަންޓުގެ ޙިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު މިފަދަ ކަމަކާއި ކުރިމަތި ވުމަކީ މިކަމުގެ ސަބަބުން މިމަޝްރޫޢު ހިންގުމަށް އެތަކެއް ދަތިތަކެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމުގައި އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އަދި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މި މައްސަލަ ތަޙުޤީގުކޮށް މިކަމުގައި ބައިވެރިވާ ފަރާތްތަކަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މި ކަމުގައި މިކޯޕަރެޝަންގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުމެއް ވާނަމަ އެމުވައްޒަފަކާއި މެދު ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. މީގެއިތުރުން، ހުޅުމާލެ ފޭސް 2 ގައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އާބާދުވެގެން ދާއިރު ކޮންމެހެން ހުންނަން ޖެހޭނެ އަސާސީ
ޙިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ހުއްޓުމަކަށް ނުގެނެސް ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ
މަސައްކަތެއް މިކޯޕަރޭޝަންގެ ފަރާތުން ކުރަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.

– އެޗްޑީސީގެ ބަޔާނުގައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ކަރަންޓިން ދިނުމަށް ގެނެސްފައިވާ ކޭބަލްތަކުން ވަގަށް ނަގައިފަނީ70 މީޓާރުގެ ކޭބަލްއެކެވެ. އަދި އެއީ ކޮނެ ވަޅުލާފައިވާ ކޭބަލްކަމަށްވެސް ބައެއް މީޑިއައިން ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ali
Tivareyga abadhuves daani raees yaamin sarukaarun kurevi kamakah vaathi konmeves bahanaaey dhekumah fahu laskureveytho balaane