ޓެކް މިނިސްޓްރީ އުވާލުމަކީ އިދިކީލިކޮށް ސަރުކާރު ދާން ބޭނުންވާކަމުގެ ހެއްކެއް: މަލީހު

ޓެކް މިނިސްޓްރީ އުވާލުމަކީ އިދިކީލިކޮށް ސަރުކާރު ދާން ބޭނުންވާކަމުގެ ހެއްކެއް: މަލީހު

Author
މުޙައްމަދު ޖިމީ
05 މެއި 2021 03:34
0

ޓެކްނޮލޮޖީ މިނިސްޓްރީ އުވާލުމަކީ ދުނިޔެ ހިނގާ ގޮތާ އިދިކީލިކޮށް މިސަރުކާރު ދާން ބޭނުންވާ ކަމުގެ ހެއްކެއްކަމަށް، މިސަރުކާރުގެ ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވެފައި މިވަނީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލައްވާ، އެ މިނިސްޓްރީގެ މެންޑޭޓް އަލަށް އުފެއްދެވި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލުކުރުމާއެކުއެވެ. ޓެކްނޮލޮޖީ މިނިސްޓްރީގެ ހުރިހާ މެންޑޭޓެއް އެންވަޔަރަމަންޓްގެ ދަށަށް ބަދަލުކޮށްފައިވާއިރު، އެ ވުޒާރާގެ މިނިސްޓަރަކަށް އައްޔަންކުރައްވާފައިވަނީ، ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއެވެ.
ޓެކްނޮލޮޖީ މިނިސްޓްރީ އުވާލެއްވުމާއި ގުޅިގެން މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މިނިސްޓްރީ އުވާލުމަކީ ދުނިޔެ ހިނގާ ގޮތާ އިދިކީލިކޮށް މިސަރުކާރު ދާން ބޭނުންވާ ކަމުގެ ހެއްކެއްކަމަށެވެ. އެމްޑީޕީ އަކީ އެވަކަލާތު ކުރާ ގޮތާއި ޚިލާފަށް މުސްކުޅި، ބޯދާ ވިސްނުމުގެ ޕާޓީއެއްކަން ދަލީލުކޮށްދޭ ކަމެއްކަމަށްވެސް މަލީހު ވިދާޅުވިއެވެ. އަދި ޓެކް ކޮމިއުނިޓީ ބޮލުގެ އެޅުވި ތަފާލެއްކަމަށްވެސް މަލީހު ވަނީ ސިފަކުރައްވާފައެވެ.

ޓެކްނޮލޮޖީ މިނިސްޓްރީ އުވާލާ މެންޑޭޓް އެންވަޔަރަމަންޓް މިނިސްޓަރ ޝައުނާއަށް ދެއްވާފައިވާއިރު، މީގެ ކުރިން އެންވަޔަރަމަންޓް މިނިސްޓަރަކަށް ހުންނެވި މުޙައްމަދުު މަލީހު ޖަމާލް މަޤާމުން ވަކިކުރެއްވީ މާރިޗް މަހުގެ1 ވަނަ ދުވަހު މަޖިލީހުން ފާސްކުރި އިތުބާރު ނެތްކަމުގެ ވޯޓާއެކުއެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާނެކަމުގެ އިޝާރާތެއް ރައީސް ވަނީ އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދެއްވާފައެވެ. އެގޮތުން މިހާރު އެ މަސައްކަތް ރައީސް ވަނީ ފައްޓަވާފައެވެ. ރައީސް ވަނީ އެކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވެސް ސިޓީއަކުން އެކަން އަންގަވާފައެވެ. ރައީސްގެ އެ ސިޓީގައި ވަނީ ވަޒީރުންނަށް ވަޒީރުކަމުގެ މަސްޢޫލިއްޔަތު އަދާނުކުރެއްވޭކަމަށް ބަޔާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.