ޖަލުތަކުގައި ކޯވިޑްގެ ބޮޑު ކްލަސްޓަރއެއް

ޖަލުތަކުގައި ކޯވިޑްގެ ބޮޑު ކްލަސްޓަރއެއް

Author
މުޙައްމަދު ޖިމީ
05 މެއި 2021 03:20
0

ޖަލުތައް ބަލަހައްޓާ އޮފިޝަލުންނާއ ޤައިދީން ހިމެނޭހެން ގިނަ ޢަދަދެއްގެ ބަޔަކު ޖަލުތަކުން ޕޮޒިޓިވްވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ޖަލުތަކުން 53 އޮފިސަރުން ޕޮޒިޓިވްވެފައިވާއިރު، 25 ގައިދީއަކު ވަނީ ޕޮޒިޓިވްވެފައެވެ.އޭގެތެރޭގައި މާލެ ޖަލުން ޕޮޒިޓިވްވި 25 ގައިދީއަކާއި، 4 އޮފިޝަލުން ހިމެނެއިރު، މާފުށީ ޖަލުން 31 އޮފިޝަލުންނާއި، ހިއްމަފުށި އައްސޭރި ޖަލުން 18 އޮފިޝަލުން ވަނީ ޕޮޒިޓިވްވެފައެވެ.

ގިނަ ޢަދަދެއްގެ ޤައިދީންނާއި އޮފިޝަލުން ޕޮޒިޓިވްވެފައިވާއިރު، ކަރަންޓީންގައިވެސް ގިނަ ޢަދަދެއްގެ ބަޔަކު އެބަތިއްބެވެ. އެގޮތުން 97 އޮފިސަރުންނާއި މުވައްޒަފުން އަދި 17 ގައިދީއަކު މިވަގުތު ކަރަންޓީންގައި އެބަތިއްބެވެ. ޖަލުތަކުގައި ކޯވިޑްގެ ބޮޑު ކްލަސްޓާއެއް އުފެދިފައިވާއިރު، ކަރެކްޝަނަލް ސާރވިސްއިން ބުނެފައިވަނީ ޖަލުތަކުގައި ތިބި ހައިރިސްކު މީހުން ގޭބަންދަށް ބަދަލުކުރަމުން އަންނަކަމަށެވެ.

ރާއްޖެއިން ކޯވިޑް-19އަށް ގިން ޢަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކުވެސް އަންނަނީ ޕޮޒިޓިވްވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު އެކަނިވެސް 600އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.