އެންޑީއޭ ހެލްތުގެ ދަށަށް ބަދަލުކޮށްފި

އެންޑީއޭ ހެލްތުގެ ދަށަށް ބަދަލުކޮށްފި

Author
މުޙައްމަދު ޖިމީ
05 މެއި 2021 01:15
0

ނޭޝަނަލް ޑްރަގް އެޖެންސީ މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ބަދަލުކުރައްވައިފިއެވެ. އެ މިނިސްޓްރީ މިހާތަނަށް ހިންގަމުން އައީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުންނެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ”އުފައްދާފައިވަނީ 2012 ޖެނުއަރީ 26 ވަނަ ދުވަހު ޢަމަލުކުރަން ފެށި މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ ދަށުންނެވެ.ނޭޝަނަލްޑްރަގް އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނާއި،އެ ޤާނޫނާ ގުޅިފައިވާމައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެލަފާއާއި މަޝްވަރާގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން،އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ. އެ އިދާރާގެ މަސްއޫލިއްޔަތު ތަކުގެތެރޭގައި މަސްތުވާތަކެތިބޭނުންކުރުމާއި ޕެޑްލްކުރުމާއި ޓްރެފިކްކުރުމުގެ މައްސަލައަށް ޙައްލެއްހޯދުމަށް އެކި މުއްދަތުތަކުގައާއި ޙާލަތުތަކުގައި އަޅަންޖެހޭ ފިޔަވަޅުތައްއެޅުމާއި، ސްތުވާތަކެއްޗާގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭހަރުކަށި ޢަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުންއުފެދޭޞިއްޙީ މައްސަލަތައް ދެނެގަނެ، އެކަމާ ދެކޮޅަށް ތަޢާރުފުކުރާ ޤައުމީސިޔާސަތުތައް ތަންފީޛުކުރުން ހިމެނެއެވެ.

އަދި މަސްތުވާތަކެތިބޭނުންކުރުން ހުއްޓުވުމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް،ސަރުކާރުގެ އިދާރާތަކުން ތަންފީޛުކުރަމުންދޭތޯ ބަލަމުންދިއުމާއި، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ހިންގާ އެކިއެކި ޕްރޮގްރާމްތައް ހިނގާގޮތް ބަލައި، ކަމާބެހޭ އެންމެހާ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުންވެސް އެ އިދާރާގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ. ނޭޝަނަލް ޑްރަގް އެޖެންސީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވާފައި މިވަނީ، އެ އިދާރާގެ ޤާނޫނީ ޒިންމާ އަދާނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ.

ރައީސް އޮފީހުން ބުނީ، އެންޑީއޭ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައިވަނީ، ފަޚުރުވެރި ދިވެހި ޢާއިލާ އެއް ދިވެހި އެންމެހާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސްތުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމަކަށްވާތީ އެކަން ތަންފިޒްކުރުން ހަރުދަނާކުރުމަށްޓަކައިކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.