ޕޮލިސީ ސެކްރެޓަރީގެ މަޤާމަށް ހަމްދާން އައްޔަންކޮށްފި

ޕޮލިސީ ސެކްރެޓަރީގެ މަޤާމަށް ހަމްދާން އައްޔަންކޮށްފި

Author
މުޙައްމަދު ޖިމީ
05 މެއި 2021 12:39
0

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު ހަމްދާން ރައީސުލްޖުމްހޫރިއްޔާ ހަމަޖައސަވައިފިއެވެ.

ހަމްދާން ޕޮލިސީ ސެކްރެޓަރީގެ މަޤާމަށް ހަމަޖައްސަވާފައި މިވަނީ، ކުރިން އެމަޤާމުގައި ހުންނެވި އައިމިނަތު ޝައުނާ އެންވަޔަރަމަންޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރެއްވުމާއި ގުޅިގެންނެވެ. ހަމްދާން ވަނީ ޔުނިވާސިޓީ އޮފް މެންޗެސްޓަރއިން މާސްޓަރ އޮފް އާރޓްސް (ޑިމޮކްރަސީ އެންޑް އިލެކްޝަންސް) ހާސިލްކުރައްވާފައެވެ. އަދި އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން ބެޗްލާ އޮފް އާރޓްސް (ޕޮލިސީ ސްޓަޑިޒް) ހާސިލްކުރައްވާފައެވެ. އަދި ބްރިޓިސް ހައިކޮމިޝަނާއި ޔޫއެންޑީޕީ އަދި އެހެނިހެން ވެސް މަދަނީ ޖަމްއިއްޔާތަކުގައިވެސް މަސައްކަތްކުރައްވާފައިވެއެވެ.

ހަމްދާން މިހާތަނަށް ހުންނެވި ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުގައެވެ. ނަމަވެސް މިއަދު ޕޮލިސީ ސެކްރެޓަރީގެ މަޤާމަށް ހަމަޖެއްސެވާފައިވާއިރު، އެއީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގެ މަޤާމެކެވެ.

ސަރުކާރުގެ މަސައްކަތްތަކަށް އިޞްލާހުތަކެއް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، އެމަނިކުފާނު މިއަދު ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.