ޒަހާ މަޤާމުން ވަކިކުރެއްވީއެއް ނޫން، އިސްތިއުފާދެއްވީ

ޒަހާ މަޤާމުން ވަކިކުރެއްވީއެއް ނޫން، އިސްތިއުފާދެއްވީ

Author
މުޙައްމަދު ޖިމީ
05 މެއި 2021 12:55
0

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން އިސްތިއުފާދެއްވީ މިއަދުކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފިޝަރިޒް މިނިސްޓަރުކަމަށް ޑރ.ޙުސައިން ރަޝީދު ޙަސަން ރައިސުލްޖުމްހޫރިއްޔާ މިއަދު ވަނީ އައްޔަންކުރައްވާފައެވެ. އޭނާ މިހާތަނަށް ހުންނެވީ އެންވަޔަރަމަންޓް މިނިސްޓަރުގެ މަޤާމުގައެވެ.

ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ މިއަދު އިސްތިއުފާ ދެއްވާފައިވާއިރު، ޒަހާގެ އިސްތިއުފާގެ ސިޓީ ޤަބޫލުކުރެއްވިކަން އެކަމަނާއަށް އެނެގެވުމުގެކުރިން ވަނީ ފިޝަރިޒް މިނިސްޓަރަކަށް ޑރ.ޙުސައިން އައްޔަންކުރައްވާފައެވެ. ފިޝަރީޒް މިނިސްޓަރުކަމުން ޒަހާ ވަކިކުރައްވާ ރައީސް އޮފީހުގެ މިނިސްޓަރަކަށް އެކަމަނާ އައްޔަންކުރައްވާފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް  ޒަހާ ވިދާޅުވީ، އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ހުށައެޅުވީ މިއަދުކަމަށާއި، އިސްތިއުފާގެ ސިޓީ ޤަބޫލުކުރެއްވިކަން ނުވަތަ ނޫންކަންވެސް އަންގަވާފައިނުވާކަމަށެވެ. އަދި އިތުރު ވުޒާރާއަކަށް ނުވަތަ ރައީސް އޮފީހަށް ބަދަލުކޮށްފައިވާކަންވެސް މިހާތަނަށް އަންގަވާފައި ނުވާކަމަށާއި، މަޤާމުން އިސްތިއުފާދެއްވުމަށްފަހު މިވަގުތު އެއްވެސް މަސްޢޫލިއްޔަތެއް ހަވާލު ނުވެ ގޭގައި ހުންނެވީކަމަށެވެ.

އެނގިފައިވާގޮތުން އިއްޔެވެސް ޒަހާ މިނިސްޓްރީއަށް ނިކުންނަވާފައިވެއެވެ.

ޒަހާ މަޤާމުން އިސްތިއުފާދެއްވާފައި މިވަނީ، ސަރުކާރުގެ ހިންގުން ލަސްވެ ރައްޔިތުން އެދޭފަދަ ނަތިޖާއެއް ސަރުކާރަށް ނުނެރެވޭތީ، ސަރުކާރަށް ބަދަލުތަކެއް ގައުމަށް ނިންމަބާފައިވާކަން ރައީސް އިޢުލާންކުރައްވާފައިވަނިކޮށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.