ކޯވިޑް ކޮންޓްރޯލްކުރުމުގައިވެސް ފެންނަނީ ސިޔާދަތީ ބާރު ގެއްލިފައިވާ މައްސަލަ: އާދަމް ޝަރީފް

ކޯވިޑް ކޮންޓްރޯލްކުރުމުގައިވެސް ފެންނަނީ ސިޔާދަތީ ބާރު ގެއްލިފައިވާ މައްސަލަ: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
05 މެއި 2021 10:24
0

ކޯވިޑް-19 ކޮންޓްރޯލްކުރުމުގައިވެސް ފެންނަނީ ދިވެހިންގެ ސިޔާދަތީ ބާރު ގެއްލިފައިވާ މައްސަލަކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޯވިޑްގެ ޙާލަތު ގޯސްވެ ބަލިޖެހޭ މީހުންގެ ޢަަދަދު އިތުރުވެފައިވާއިރު، އިންޑިއާއިން ގެނައުމަށް ހަމަޖެހިފައިވާ ވެކްސިން ލިބުންވެސް ވަނީ ދަތިވެފައެވެ. މިއީ އެއް ޤައުމަކަށް ރާއްޖެއިން ބަރޯސާވެފައި އޮތުމުގެ ނަތީޖާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މަޑުއްވަރީ ފާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ބަލި ކޮންޓްރޯލްކުރުމުގައިވެސް މި ދިމާވަނީ ދިވެހިންގެ ސިޔާދަތީ ބާރު ގެއްލިފައިވާ މައްސަލަކަމަށެވެ. ހަމައެކަނި އޮތް އަދި އެންމެ ބުއްދިވެރިގޮތަކީ ފަރުދީ ޒިންމާ އަދާކުރުންކަމަށާއި، ބަލިން ރައްކާތެރިވުމަށްޓަކައި ސަބަބުތަކުގައި ހިފަންޖެހޭކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކޯވިޑް-19ގެ 4 ވަނަ ރާޅު މިވަނީ ބިންދާލާފައެވެ. މިބަލި ކޮންޓްރޯލްކުރުމުގައިވެސް މި ދިމާވަނީ ދިވެހިންގެ ސިޔާދަތީ ބާރު ގެއްލިފައިވާ މައްސަލަ! ހަމައެކަނި އޮތް އަދި އެންމެ ބުއްދިވެރިގޮތަކީ ފަރުދީ ޒިންމާ އަދާކުރުން. ބަލިން ރައްކާތެރިވުމަށްޓަކައި ސަބަބުތަކުގައި ހިފަންޖެހޭ!

– އާދަމް ޝަރީފް ޢުމަރު

ރާއްޖެއިން ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، މިއީ ބަލީގެ 4 ވަނަ ރާޅުކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި ބަލި އަވަސްކަމާއެކު މި ފެތުރެނީ އައު ވޭރިއަންޓްތަކުގެ ސަބަބުންކަމަށާއި، ރާއްޖޭގައި އިންޑިއާގެ ވޭރިއަންޓް އުޅޭކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.