މައްކާގެ މާތްވެގެންވާ ގެފުޅުގެ ހަޖަރުލް އަސްވަދުގެ ހިލަކޮޅު (ބްލެކް ސްޓޯން)ގެ، މީކުރިން އަދި ދުވަހަކުވެސް އާންމު ކޮށްފައި ނުވާހާ ގާތުން ސާފުކޮށް ފެންނަހުރި، ފޮޓޯތަކެއް ސައުދީ ސަރުކާރުން އާންމު ކޮށްފިއެވެ.
'ދަ ޖެނެރަލް ޕްރެޒިޑެންސީ ފޯރ ދަ އެފެއާޒް އޮފް ދަ ޓޫ ހޮލީ މޮސްކްސް' އިން، އަރަބި ބަހުން ހަޖަރު-އަލް-އަސްވަދުގެ ނަމުން ނަންދެވިފައިވާ، މި ހިލަކޮޅުގެ ތަފްސީލްތައް ފެންނަން ހުންނަ ގޮތަށް ފޯޓޯ ނަގާފައިވަނީ، މުޅިން އާ ޓެކްނިކެއް ކަމުގައިވާ 'ޕެނަރޯމިކް ފޯކަސް" ބޭނުން ކޮށްގެންނެވެ.
މާތްވެގެންވާ ގެފުޅާއި އަދި މަސްޖިދުއްނަބަވީވެސް ބެލެހެއްޓުމުގެ ޒިންމާ ހަވާލު ވެފައިވާ ޖެނެރަލް ޕްރެޒިޑެންސީ އެފެއާޒް އޮތޯރިޓީން ބުނެފައިވާ ގޮތުގައި، އެންމެ ފުރިހަމަ ރިޒޮލިއުޝަންގެ އެއް ފޮޓޯއެއް އުފެއްދުމަށްޓަކާ، ޖުމްލަ 7 ގަޑިއިރު ވަންދެން މި ހިލަކޮޅު ފޮޓޯ ނަގާފައި ވާކަމަށެވެ.
މިގޮތުން އުފައްދާފައި ވަނީ ޖުމްލަ 50 ގަޑިއިރުން އުފައްދާފައިވާ 49,000 މެގަޕިކްސެލްގެ އިމޭޖްތަކެކެވެ.
Detailed photo of the Hajar Al Aswad (Black Stone) pic.twitter.com/HN07qF0kV1
— Haramain Sharifain (@hsharifain) May 3, 2021
މުސްލިމުން ގަބޫލުކުރާ ގޮތުގައި، މި ހިލަކޮޅަކީ، ޖިބްރީލްގެފާނު، ސުވަރުގެއިން ގެންނަވާ އިބްރާހިމް އަލައިހިއްސަލާމްއާ ހަވާލު ކުރެއްވި ހިލަ ކޮޅެކެވެ.
މި ހިލަކޮޅު ބެހެއްޓިފައި ހުންނަނީ، ދަނބު ކުލައާއި ރިހި ކުލައިގެ ކަވަރެއްގައި، ބިމުން އެއް މީޓަރު ބައިގެ އުހުގައި، ގެފުޅުގެ އެއް ކަނުގައެވެ.
އުމުރާ ކުރުމުގައާއި އަދި ހައްޖުގެ އަޅުކަމުގައިވެސް، ގެފުޅުގެ ވަށައިގެން ތަވާފް ކުރާއިރު، ކޮންމެ ބުރެއްގައިވެސް މި ހިލަކޮޅުގައި ފުރުސަތު ލިބިއްޖެނަމަ އަތްލުމަކީ އެދެވިގެންވާ ކަމެކެވެ.
އެހެންނަމަވެސް، މި ދެ އަޅުކަމުގެ ދުވަސްވަރުވެސް، ގެފުޅަށް ޒިޔާރަތްކުރާ މީހުންގެ ގިނަ ކަމާހުރެ، ކޮންމެ ތަވާފެއްގައިވެސް، ހިލަކޮޅާ އަރާ ހަމަކޮށްފައި، ހިލަކޮޅާ ދިމާލަށް އަތުން އިޝާރާތް ކޮށްލުމުން ފުދެއެވެ.
ޚާއްސަކޮށް ހައްޖުގެ އަޅުކަމާއި އަދި އުމްރާގެ އަޅުކަމުގައި ގެފުޅަށް ޒިޔާރަތްކުރާ މުސްލިމުންގެ އަދަދު ގިނަކަމުން، މި ހިލަކޮޅުގައި އަތްލުމުގެ ފުރުސަތު ލިބެނީ މަދުބަޔަކަށެވެ.
ކޮމެންޓު ފޮނުވާ