ފުލުހުންގެ ހައްޔަރުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.
މަރުވެފައިވަނީ، ވިލިމާލެ ކަސްޓޯޑިއަލް ފެސިލިޓީގައި ހުރި މީހެކެވެ. އޭނާ އަމިއްލައަށް މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ފުލުހުން ބުނީ، އެމަރާއި ގުޅިގެން ބަލަންޖެހޭ ކަންކަން ތަހުގީގްކުރަމުން އަންނަކަމަށެވެ. އަމިއްލައަށް މަރުވި މީހާ ފުލުހުން ހައްޔަރުކޮށްފައި ހުރީ ކީއްވެގެންކަމެއް ފުލުހުން ނުބުނެއެވެ.
ނަމަވެސް އެ މަޢުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކާއި ހިއްސާކޮށްފައިވާނެކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ