ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެޓީމު އޮތީ ބަދަލުވެފައި ކަމަށާއި ޓީމުގައި ތިބީ ފާހަގަކޮއްލެވޭ މޮޅެތި ކުޅުންތެރިންކަމަށް ޕީއެސްޖީ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
މިރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ޓުޗެލް ބުނީ އިދިކޮޅަށް ނުކުންނަ ޔުނައިޓެޑުގައި ފާހަގަކޮއްލެވޭ ކީ ޕްލެޔަރުން ތަކެއް އެބަތިބިކަމަށެވެ. އެގޮތުން ޔުނައިޓެގެ ޕައުލޯ ޕޮގްބާއަކީ އޭނާއަށް މިވަގުތު ދުނިޔޭގައި ހުރި އެންމެމޮޅު އެއްމިޑްފީލްޑަރު ކަމަށް ޓުޗެލް ބުނެފައިވެއެވެ.
އަހަރަމެން ތައްޔާރުވާނީ އަހަރެމެން ސްޓައިލުގައި ކުޅެ މޮޅުވާން، އެޓީމުގެ ކައުންޓަ އެޓޭކްގައި ނުރައްކާ ކުރާނެ، އަހަރުމެން އެއް ސަމާލުވަންޖެހޭނެ.
– ޓުޗެލް ބުނިއެވެ.
ޔުނައިޓެޑަކީ އަދިވެސް ޔޫރަޕުގެ ގަދަބާރެއް ކަމަށާއި އެޓީމުން ކުޅޭ އަވަސް ކުޅުން ޕީއެސްޖީން ހުއްޓުވަން ޖެހޭކަމަށް ޓުޗެލް ބުނިއެވެ. އޭނާ ބުނީ ޕީއެސްޖީ މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅު ޕްރެޝަރެއް ދޭންޖެހޭ ކަމަށާއި ޔުނައިޓެޑުގެ ކައުންޓް އެޓޭކްތަކަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެކަމަށެވެ.
އެންމެފަހުން މި ދެޓީމު ޕީއެސްޖީ ދަނޑުގައި 2019 ވަނައަހަރު ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ.