އެޕްރިލް10 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، މާވަށު ކައުންސިލް ރައީސް ކަމުގެ މަގާމަށް ވާދަ ކުރެއްވި އެމްޑިޕީގެ ކެނޑިޑޭޓާ ޕީޕީއެމްގެ ކެނޑިޑޭޓުގެ ވޯޓު އެއްވަރު ވުމުގެ ސަބަބުން އެރަށުގެ އެއްފޮށީގެ ވޯޓުލުން އަލުން މިއަދު ވަނީ ބާއްވާފައެވެ.
ފާއިތުވެދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިތިޚާބުގައި، މާވަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި، ޕީޕީއެމްގެ ކެނޑީޑޭޓު އަހުމަދު މޫސާއާއި އަދި އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އަބުދުއްރަހުމާގެ ވޯޓު އެއްވަރު ވުމުގެ ސަބަބުން، މިއަދު އެރަށު އެއްފޮށީގެ ވޯޓު އަލުންވަނީ ބާއްވާފައެވެ.
މިއަދު ބޭއްވުނު މި ފޮށީގެ ވޯޓުގެ ނަތީޖާއިން 12 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވާފައިވަނީ، ޕީޕީއެމްގެ ފަރާތުން ރަށުކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި އަހުމަދު މޫސާއެވެ.
އިތުރު ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ