ޖާޏުން ފިދާވެގެން ދިން ހަމަލާއެއްގައި އަފްއާނިސްތާނުގައި 21 މީހުން މަރާލާއިފި

ޖާޏުން ފިދާވެގެން ދިން ހަމަލާއެއްގައި އަފްއާނިސްތާނުގައި 21 މީހުން މަރާލާއިފި

Author
ހުސެއިން
01 މެއި 2021 07:45
0

ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ބާރުގަދަ ޓްރަކް ބޮމެއް ގޮއްވާލައި، އަފްއާނިސްތާނުގެ އިރުމަތީ އަވަށެއްގައި ހުރި ގެސްޓު ހައުސްއަކަށް ދިން ހަމަލާއެއްގައި 21 މީހަކު މަރުވެ، 91 މީހަކު ޒަޚަމް ވެފައިވާ ކަމަށް އަފްއާނިސްތާންގެ އިންޓީރިއަރ މިނިސްޓްރީން ހާމަ ކޮށްފިއެވެ.

އަފްއާނިސްތާންގެ ލޮގާރ ޕްރޮވިންސްގެ ވެރިރަށް ކަމުގައިވާ ޕުލް-އީ-އާލަމް އަވަށުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގެ ޒިންމާ އަދި މިހާތަނަށް އައިއިރު އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. އަދި ޖާނުން ފިދަވުމުގެ ހަމަލާގެ އަމާޒަކަށް މި ގެސްޓްހައުސް ވެގެންދިޔަ ސަބަބެއްވެސް އަދި ސާފުވެފައެއް ނުވެއެވެ.

ރަސްމީ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، މިހަލާގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދިވެސް މަތިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އަފްއާނިސްތާނުގެ ވަރަށް ގިނަ ގެސްޓްހައުސް ތަކަކީ، ނިކަމެތި ފަގީރުންނާށާއި ކިޔަވާކުދިންގެ އިތުރުން ދަތުރުވެރިންނަށް ބޭނުން ކުރެވޭގޮތަށް، ސަރުކާރުން ސަބްސިޑައިސް ކޮށްދީގެ، ހިލޭ ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސާ ދީފަ ހުންނަ ތަންތަނެވެ.

އަފްއާނިސްތާނުގައި ވަރުގަދަ ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފައި މިވަނީ، އެމެރިކާ އަދި ނޭޓޯގެ ސިފައިން އެގައުމުން ފައިބާނެ ތާރީޚު އިއުލާން ކުރި ދުވަހާ ދިމާކޮށެވެ.

އެމެރިކާ ސިފައިން، މިއަހަރުގެ މޭމަހުގެ 1 ވަނަ ދުވަހުގެ ކުރިން އެގައުމުން ބޭލުމަށް ޑިމާންޑް ކުރަމުންދިޔަ ތާލިބާނުން، އަފްއާނިސްތާނުން ފޭބުމަށް ހަމަޖެހިފައިވާ އެމެރިކާ ސިފައިންގެ ސަލާމާތާ ރައްކާތެރިކަމަށް މިހާތަނަށް އެއްވެސް ޔަގީންކަމެއް ދީފައެއް ނުވެއެވެ.

ލޮގާރުގެ ޕްރޮވިޝަލް ކައުންސިލްގެ ވެރިޔާ ހަސީބުއްﷲ ސްޓަންކްޒާއި ވިދާޅުވި ގޮތުގައި، ގެސްޓްހައުސްއަށް ޖާނުންފިދާވުމުގެ ހަމަލާދީފައިވަނީ، އެ ގެސްޓް ހައުސްގައި ތިބި މީހުން ރޯދަ ވީއްލަމުންދިޔަ ވަގުތާ ދިމާކޮށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހަމަލާގެ ޝިކާރައަކަށް ވެގެންދިޔަ މީހުންގެ ތެރޭގައި، ޔުނިވަރސިޓީ އެންޓްރޭންސް އެގްޒާމުގައި ބައިވެރިވުމަށް، ޕްރޮވިންޝަލް ކެޕިޓަލްއަށް ދަތުރު ކުރުމަށްފަހު، އެ ގެސްޓު ހައުސްގައި މަޑުކޮށްގެން ދިބި ހައި ސްކޫލް ދަރިވަރުން ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން، އެހެން ޑިސްޓްރިކްޓްއަކަށް ދަތުރު ކުރުމުގެ ކުރިން އެ ގެސްޓް ހައުސްގައި މަޑުކޮށްގެން ތިބި، އަފްގާނިސްތާން ސަރުކާރަށް ތާއީދުކުރާ މީޑިއާތަކަށް ނިސްބަތްވާ ފަރާތްތައްވެސް މި ހަމަލާގެ ޝިކާރައަކަށް ވެގެން ގޮސްފައިވާކަމަށްވެސް ހަސީބުއްﷲ ވިދާޅުވެފައި ވެއެވެ.

އަފްއާނިސްތާންގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިހަލާގެ ސަބަބުން ޒަޚަމްވީ އެތައް ބަޔަކު މިހާރުވަނީ ކަރި ހޮސްޕިޓަލްތައް ގެންދެވިފައެވެ. އަދި މީގެތެރެއިން ބައެއް މީހުންގެ ހާލަތު ވަރަށް ގޯސްކަމުގައިވެސް، ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

އަފްއާނިސްތާގައި 20 އަހަރުވަންދެން ހިންގަމުން އަންނަ އަސްކަރީ ހަރާކާތްތަކަށް ނިމުން ގެނައުމަށްޓަކާ، އެގައުމުގައި ތިބި އެމެރިކާސިފައި، ސެޕްޓެމްބަރ 11ގެ ކުރިން އެގައުމުން ބާލާނެކަން އެމެރިކާގެ ރައީސް ޖޯ ބައިޑްން އިއުލާކުރެވިފަހުން، އަފްއާނިސްތާނުގައި ހިގަމުންއަންނަ ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ.

އެހެންނަމަވެސް، އެމެރިކާ ސަރުކާރުގެ މިނިންމުމާއި ގުޅިގެން ތާލިބާނުންގެ ވަނީ ވަރަށް ބޮޑަށް ހިންހަމަނުޖެހުން ފާޅުކޮށްފައެވެ. ތާލިބާނުންވަނީ، އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިން މިއަހަރުގެ މޭމަހުގެ 1ވަނަ ދުވަހުގެ ކުރިން ބާލަން ޖެހޭގޮތަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކީ އެއްބަސް ވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި ވާގޮތުން، އެމެރިކާ ސިފައިން އަފްއާނިސްތާނުން ފޭބުމުގެ ބަދަލެއްގެ ގޮތުން ސަލާމަތީ ބައެއް ކަންކަމުގެ ޔަގީންކަން ތާލިބާނުންގެ ފަރާތުން ދޭން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.