ޓްރާންސްޕޯޓް މިނިސްޓްރީން ވަޒީފާއިން ވަކިކުރި ނުވަ މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއިން ޢަމުރުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި ަސައްކަތްކުރި9 މުވައްޒަފަކު ފަރުވާކުޑަކަމަށް ބުނެ ވަޒީފާއިން ވަކިކުރަން އުޅުނު މައްސަލަ ވަރަށް ހޫނުވިއެވެ. އެ މުވައްޒަފުން އެ މައްސަލަ ރައީސް އޮފީހަށްވެސް ހުށައެޅިއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަނަށްވެސް ހުށައެޅުމުން އެކަން ނުކުރުމަށް އަންގާފައިވެސްވެއެވެ. ނަމަވެސް އެ 9 މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ވަޒީފާއިން ވަކިކުރުމުން އެ9 މުވައްޒަފުން ވަނީ އެ މައްސަލަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ވަނީ ގޮސްފައެވެ.
މިކަމާއި ގުޅިގެން އެ ލޯ ސެންޓަރުން ނެރުނު ބަޔާނުގައި ވަނީ 9 މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްނުކޮށްކަމަށެވެ. އެހެންކަމުން އެ މުވައްޒަފުން އަދާކުރަމުން ދިޔަ ވަޒީފާތައް އަލުން އިޔާދަކޮށްދީ، އެ ދުވަހާ ހަމައަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށްވެސް ވަނީ ޢަމުރުކޮށްފައެވެ.
ލޯ ސެންޓަރުން ނެރުނު ބަޔާނުގައި މިގޮތަށް ބުނެފައި ވީނަމަވެސް، ވަޒީފާ ދިނުމަށް ކުރި ޢަމުރު އަދި ޓްރައިބިއުނަލް އިން ޢާންމު ނުކުރެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީތެރޭގައި ގިނަ މައްސަލަތަކެއް ހުރިކަމަށް ވަނީ އަޑުފެތުރިފައެވެ. އަދި މިނިސްޓަރ އައިޝަތު ނަހުލާއާއި، ބައެއް މުވައްޒަފުންނާއިމެދު ވަރަށް ބޮޑަށް ޚިޔާލު ފަތާުވުން އުފެދިފައިވާކަމަށްވެސް ވާހަކަދެކެވެއެވެ. އަދި އެ މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ފެންމަތިވެފައިވެއެވެ.
ސަރުކާރުން މިހާރު ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގައިވެސް މައްސަލަތަކެއް ހުރިކަމަށްބުނެ އެ އޮތޯރިޓީ އުވާލުމަށް މަޖިލީހަށްވެސް ހުށައަޅާފައެވެ.
ކޮމެންޓު ފޮނުވާ