އދ.ދަނގެތީގައި ތަރާވީޙް ނަމާދުކުރުން ކުރިއަށްދަނިކޮށް މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮށި ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 9:15 ހާއިރުކަމަށާއި، އެ މައްސަލަ ތަހުގީގްކުރަމުން އަންނަކަމަށެވެ. ނަމަވެސް މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑް ފޮށްޓަކީ އެރަށު ޖަމިއްޔާތަކާއި، އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާއި ގުޅިގެން ފަގީރުންނަށް އެހީވުމަށާއި ސަދަގާތް ކުރުމަށް ފައިސާ ހޯދުމުގެ މަޤްޞަދުގައި ބަހައްޓާފައިހުރި ވޯޓުފޮއްޓެކެވެ.
އެ ފަންޑު ފޮށި ގެންދިޔަކަން އެނގުނީ ތަރާވީޙް ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބިވަގުތުކަމަށް މަޢުލޫމާތު ލިބެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުން އެ ފަންޑު ފޮށި މިހާރު ވަނީ ފެނިފައެވެ. ނަމަވެސް އެ ފޮށީގައި ފެނުނުއިރު އެއްވެސް ފައިސާއެއް ނެތެވެ.
އެ ފަންޑުފޮށީގައި 6 ހާހަށްވުރެ ގިނަ ރުފިޔާ ހުންނާނެކަމަށް އެރަށު ރައްޔިތުން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ