ގިނަ މަސައްކަތްތަކެއް ހުރުމުން ރޭގަނޑު ޖަލްސާތައް ބާއްވަނީ

ގިނަ މަސައްކަތްތަކެއް ހުރުމުން ރޭގަނޑު ޖަލްސާތައް ބާއްވަނީ

Author
މުޙައްމަދު ޖިމީ
27 އޭޕްރިލް 2021 11:18
0

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގައި ފާސްކުރުމަށް ހުރި މަސައްކަތްތައް ގިނަކަމުން އެ މަސައްކަތްތައް ނިންމެވުމަށް ރޭގަނޑުވެސް ޖަލްސާތައް ބޭއްވުމަށްނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓީތަކުން މަސައްކަތްތައް ނިންމަވާ، ގިނަ ޢަދަދެއްގެ ރިޕޯޓްތައް ފާސްކުރުމަށް ލިބިވަޑައިގެންފައިވާކަމަށެވެ. އޭގެ ތެރެއިން ގިނަ ރިޕޯޓްތަކަކީ މިދައުރުގައި ފާސްކުރުމަށް ކަނޑައަޅަފައިވާ ޤާނޫނުތަކެއްކަމަށާއި، މި ދައުރު ނިމުމަށްވެސް ގިނަ ދުވަސްތަކެއް ނެތުމުން ރޭގަނޑު ޖަލްސާތައް ބާއްވަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށްކަމަށެވެ. އެހެންކަމުން މި ދައުރު މިމަހުގެ ނިޔަލަށް ނިމޭނެއެވެ. އެއަށްފަހު އެއްމަސް ދުވަހުގެ ޗުއްޓީއަކަށް މެންބަރުން ވަޑައިގަންނަވާނެއެވެ. މިއަހަރުގެ ފުރަތަމަ ދައުރު ފެށީ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މިއާއެކު މިއަދާއި ހަމައަށް މި ދައުރުގައި ވަނީ 35 ޖަލްސާއެއް ބާއްވާފައެވެ.

މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ ނިޔަލަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.