ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އެކުލަވާލައިފިއެވެ. ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ އިސްތިއުނާފް ކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައިވަނީ ހޯމް މިނިސްޓަރަށެވެ. އެހެންކަމުން ހޯމް މިނިސްޓަރ ޢިމްރާން ަބްދުﷲ ވަނީ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފް ކޮމިޓީއެއް އެކުލަވާލައްވާފައިކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އެ ފަސް މެންބަރުންގެ ތެރޭގައި ހިމެނެނީ:
1– ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް މުހައްމަދު ޞާދިޤް
2- އަލްއުސްތާޛް އަޒްމީން ރަޝީދު، ޗަނބޭލީވިލާ / ގދ. ރަތަފަންދޫ
3- ފާތިމަތު ލީނާ، މ. ސަލްޖަމްގެ
4- އަލްއުސްތާޛާ މިންނާ ނާފިޛް، މ. ލިލީސް
5- އަލްއުސްތާޛް އަހްމަދު ޝިހާދު، ބްލެސް / ހއ. ހޯރަފުށި
ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 89 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "އިސްތިއުނާފު ކޮމިޓީ" އެކުލަވާލައްވައި، 26 އެޕްރިލް 2021 ވަނަ ދުވަހު އެ ކޮމިޓީއަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ 5 ބޭފުޅަކު އައްޔަންކުރައްވައިފި. pic.twitter.com/2ifDiDM4Uf
— Home Ministry, MV (@HomeMinistrymv) April 27, 2021
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ޢާންމު ރައްޔިތުންގެ ތެރެއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިސްތިއުނާފު ކޮމިޓީއެއް ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި ޕޮލިސް ބޯޑުގެ ލަފާގެމަތިން ވަޒީރު އެކުލަވާލަންވާނެކަމަށެވެ. ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އެ ޤާނޫނުގައިި ބުނެފައިވާގޮތުން އިސްތިއުނާފު ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ޚިދުމަތުގައި ވަޒީފާއަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެކަމަށެވެ. އަދި އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް އެ ކޮމިޓީން ބަލައި ގޮތެއް ނިންމުމުގައި ޢަމަލުކުރަންވާނީ މި ބާބުގައި ބަޔާންކުރާ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި އެ ބޯޑުން ޢަމަލުކުރުމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށްވެސް ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވެއެވެ.
ކޮމެންޓު ފޮނުވާ