މަގުހަދާ ކުންފުނި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ތިޖޫރި ގެއްލޭ މައްސަލަ ބެއްލެވުމަށް މާލެ ސިޓީ ކައުންސިލްގެ އިންތިޚާބީ މެންބަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ގޮވާލައްވައިފިއެވެ.
ޝުޖާޢު މިކަމަށް ގޮވާލައްވާފައި މިވަނީ ހަފުތާއެއްގެ ތެރޭގައި އާރުޑީސީގެ އޮފީސް ދެ ވަނަ ފަހަރަށް އިއްޔެ ފަޅާލައި ވައްކަންތަކެއް ކުރުމާއި ގުޅިގެންނެވެ. ޝުޖާޢު ވިދާޅުވީ. އާރުޑީސީގެ ތިޖޫރި ގެއްލޭ މައްސަކަ ބަލަންޖެހޭކަމަށާއި، މިއީ އަޖައިބެއް ކަހަލަ ކަމަކަށްވެފައިވާކަމަށެވެ. އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކް ( މޫކޭ )އަށް އިޝާރާތްކުރައްވާ ޝުޖާޢު ވަނީ އާރުޑީސީގެ ތިޖޫރީ އެކަނި މި ރާއްޖެއިން ޖައްވަ އަރާ ތިޖޫރީ އަކަށްވެފައިވާކަމަށް ވިދާޅުވެފައެވެ.
އަނގަފުޅާކޮށްފަ ވާހަކަ ނުދައްކާ ދެއިރު ދެދަޅައަށް @rdcmaldives ގެ ތިޖޫރީ ގެއްލޭ މައްސަލަ ބަލާބަލަ @VMookey.މިއީ ދެން ބޮޑު އަޖައިބެއްނުން!މި ތިޖޫރީ އެކަނި މި ރާއްޖެއިން ޖައްވަ އަރާ ތިޖޫރީ އަކަށް މިވަނީ!
ރައީސް ޔާމީނޭ ކިޔާގެން ވާހަކަ ނުދައްކާ ތިމާމީހާގެ މޫނު އަމިއްލަ އަށް ބަލާބަލަ— Ibrahim Shujau ? (@shuja3831) April 26, 2021
މިދިޔަ ހޮނިހިރުދުވަހު ވެސް އާރުޑީސީގެ އޮފީހަށް ބަޔަކު ވަދެ 100،000 ރުފިޔާ ވަގަށް ގެންދިޔައެވެ. އަދި މިދިޔަ ހުކުރު ދުވަހުވެސް އާރުޑީސީގެ ތިޖޫރިން ވަނީ 3000 ރުފިޔާ ވަގަށް ނަގާފައެވެ. މިހާ ގާތްގާތުގައި އާރުޑީސީގެ އޮފީސް ވަގުންނަށް ފަޅާލެވިފައި މި ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެތަނުގެ ސެކިއުރިޓީ ހަމަޖައްސާފައިވާ ގޮތް ވެސް މިހާތަނަށް އެނގިފައެއްނުވެއެވެ.
ކޮމެންޓު ފޮނުވާ