އިންތިޚާބައި ގުޅޭ އެއްވެސް މައްސަލައެއް ކޯޓަށް ހުށަނާޅަން އެމްޑީޕީ ޤައުމީ މަޖިލީހުން ފާސްކޮށްފި

އިންތިޚާބައި ގުޅޭ އެއްވެސް މައްސަލައެއް ކޯޓަށް ހުށަނާޅަން އެމްޑީޕީ ޤައުމީ މަޖިލީހުން ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
24 އޭޕްރިލް 2021 10:48
0

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅިގެން އެއްވެސް މައްސަލައެއްގައި އެމްޑީޕީގެ ފަރާތުން ކޯޓަށް ނުދާން އެޕާޓިގެ ޤައުމީ މަޖިލީހުން ނިންމައިފިއެވެ. މިގޮތަށް ނިންމީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައެވެ. މީގެ ކުރިން އިންތިޚާބާއި ގުޅޭ މައްސަލަތަކުގައި ކޯޓަށް ދާން ނިންމާފައިވަނިކޮށް، އެ މައްސަލަތައް ކޯޓަށް ހުށަނާޅަން ނިންމެވީ މިރޭ ބޭއްވި ބައްދަލުވުމުގެ ބޮޑު އައުލަބިއްޔަތަކުންނެވެ.

މިބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ދައުލަތުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ ވަޒީރުން ބައިވެރިވެފައިވެއެވެ. މިރޭގެ ބައްދަލުވުމުގައި އެޖެންޑާ ކުރި މައްސަކަތަކުގެ ތެރެއިން އެންމެ ގިނަބައެއްގެ އަމާޒު ހުއްޓުނީ މިމައްސަލަައަށެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ 6 ދާއިރާއެއްގެ ވޯޓު ފޮށީގެ މައްސަލަތަކެއް އެމްޑީޕީން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މާލެ ސިޓީގައި އެމްޑީޕީ ވަނީ ބޮޑު ތަނުން ބަލިވެފައެވެ. އިންތިޚާބުގެ ނަތީޖާއާއިމެދު އެމްޑީޕީން ހިތްހަމަ ނުޖެހުނީ މާލެ ސިޓީގެ ނަތީތައް އައިސްފައިވާ ގޮތުންނެވެ. މާލެ ސިޓީގެ ސުޕަ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއިން ވަނީ ނަގާފައެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފައިވާއިރު ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަކަން ފާހަގަކޮށްލެވެއެވެ.

އިންތިޚާބުގެ މައްސަލާގައި ކޯޓަށް ދިއުމަށް އެމްޑީޕީން ނިންމާފައިވަނީ މިއަދު ބޭއްވި އެޕާޓީގެ ސެކްރެޓިއޭޓުގެ ބައްދަލުވުމެއްގައެވެ. އެމްޑީޕީން އޮތީ މާދަމާވެސް މިމައްސަލަ ކޯޓަށް ވައްދަން ތައްޔާރުވެފައެވެ. އެމްޑީޕީން ގަބޫލު ކުރާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނުގެ މަފްހޫމާއި ޚިލާފަށް މާނަކޮށް ވޯޓްތަކެއް ބާތިލުކޮށްފައިވެއެވެ.

އެމްޑީޕީން ޝަކުވާ ހުށަހެޅި 6 ދާއިރާ:

– މެދެ ހެންވޭރު ދާއިރާ

– ހެންވޭރު ދެކުނު ދާއިރާ

– ހެންވޭރު ހުޅަނގު ދާއިރާ

– މައްޗަ ގޯޅި އުތުރު ދާއިރާ

– މާފަން އުތުރު ދާއިރާ

– މާފަންނު ހުޅަނގު ދާއިރާ

މި ހަފޮށި އަލުން ގުނުމަށް އެމްޑީޕީން ހުށަހެޅިކަން ހާމަކޮށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ

މިދާރާތަކަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މިއެންމެ މަތީގައި އޮތް ކެނޑިޑޭޓާއި ދެވަނައަށް އޮތް އެމްޑީޕީގެ ކެނޑިޑޭޓާއި އޮތް ފަރަގަށްވުރެ ބާތިލް ވޯޓު އެތައް ގުނައެއް އިތުރު ކަމަށެވެ. މިސާލަކަށް 40 ވޯޓޫގެ ފަރަގު އޮތްނަމަ 70 ވޯޓު ވަރު ބާތިލްގެ ގޮތުގައި ކަނޑައެޅިފައިވާކަމަށެވެ. އޭނާވިދާޅުވީ މިކަންކަން ރަނގަޅަށް ބަލައި އަލުން މިފޮށިތައް ހުޅުވައިގެން ވޯޓު ގުނުމަށް އެދިފައިވާނެކަމަށެވެ.

ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ މާލެ ސިޓީން ބޮޑު ބައްޔަކުން ބަލިވެފައެވެ. އިންތިޚާބުގައި މާލޭގެ މޭޔަރުގެ މަޤާމާއި އިތުރު 12 ދާއިރާއެއް ވަނީ އެމްޑީޕީއަށް ނާކާމިޔާބު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

N Nony
Court ah husha alhaa ne kame nethe nu. election in thi meehun bey nun gotha natheejaa aburaa .la dhey ne viyya