ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހޯދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހޯދަނީ

Author
މުޙައްމަދު ޖިމީ
22 އޭޕްރިލް 2021 10:28
0

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރާ މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދަން ފުލުހުން ޢާންމުކޮށްފިއެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެތުހުމަތުގައި، ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ. އެގޮތުން ފުލުހުންގެ އިދާރައަށް ޙާޒިރުވުމަށް ޢާންމުކޮށްފައިވަނީ ބަނގުލަދޭޝްގެ ފިރިހެނެއްކަމަށްވާ އެމް.ޑީ އިދްރީސް (34އ)އެވެ.

އޭނާ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިހުރި ޕޮލިސް ސްޓޭޝަނަކަށް،  މިމަހުގެ 29 ވަނަ ދުވަހުގެ 10:00 އަށް ޙާޒިރުވުމަށް ފުލުހުން ވަނީ ޢަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.